ފީފާގެ ރައީސް ކަމުން ސެޕް ބްލެޓާ އިސްތިއުފާ ދެއްވާނެކަމަށް އިއުލާން ކުރިތާ އެއް ދުވަސް ފަހުން ފީފާއާ ގުޅުން ހުރި ހަ ބޭފުޅަކާ ދެކޮޅަށް އިންޓަ ޕޯލްއިން ރެޑް ނޯޓިސް ނެރެފި އެވެ.

އިންޓަޕޯލްގެ ރްޑްނޯޓިސް ނެރެފައިވާ ފަރާތްތަކަކީ ފީފަގެ ކުރީގެ ނައިބު ރައީސް ޖެކް ވާނާއާއި ފީފާގެ އެގްޒެކެޓީވް ކޮމިޓީގެ ކުރީގެ މެންބަރު ނިކޮލަސް ލިއޯޒްއާއި އާޖެންޓީނާގެ ކުޅިވަރު މާކެޓް ވިޔަފާރީގައި ކޮންޓްރޯލް އޮންނަ އިސް ބޭފުޅެއް ކަމުގައިވާ އެލްހެންޑްރޯ ބާޒްކޯއާއި އާޖެންޓީނާ މާކެޓް ވިޔަފާރީ ކުންފުންޏެއްގެ އެންމެ އިސް ވެރިންގެ ގޮތުގައި ހިމެނޭ ދެބޭން ކަމުގައިވާ ހޫގޯ ޖިންކްސް އާއި މާރިއޯނާ ޖިންކްސް އަދި ބްރަޒިލްގެ ސްޕޯޓްސް ބްރޮޑްކާސްޓިންގެ އިސްވެރިޔެއް ކަމުގައިވާ ހޯޒޭ މާގްލީސް ގެ މައްޗަށެވެ.

އިންޓަޕޯލް އިން މިބޭފުޅުންގެ މައްޗަށް ނޯޓިސް ނެރެފައިވަނީ އެމެރިކާގެ ފެޑްރަލް އިދާރާއިން ފީފާއާ ގުޅުން ހުރި މަލްޓި ބިލިއަން ޑޮލަރުގެ މައްސަލަތަކެއް ތަހުގީގު ކުރުމުންދާ މައްސލައެއްގައެވެ.

އިންޓަޕޯލް ޏޯޓިސް ނެރުމާއެކު އިންޓަޕޯލްގައި ހިމެނޭ ގައުމެއްގެ ސަރަހައްދުގައި މިއިން އެއްވެސް ފަރަތެއް ވާނަމަ ހައްޔަރު ކުރަން ޖެހޭނެ އެވެ.

މިފަރާތްތަކާ ދެކޮޅަށް އިންޓަޕޯލްގައި ރެޑް ނޯޓިސް ނެރެދިނުމަށް އެދިފައިވަނީވެސް އެމެރިކާގެ ފެޑްރަލް އިދާރާއިންނެވެ.

އިންޓަޕޯލް އަކީ ބައިނަލްއަގުވާމީ އެންމެ ބޮޑު ފުލުހުންގެ މުއައްސަސާ އެވެ.