03 Jun 2015, 16:37
ކުޑަ އަންހެން ކުއްޖަކަށް މާމަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް 53 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހދ. ކުޅުދުއްފުށިން ފުލުހުންނަށް ހުށަހަޅާފައިވަ ކަމަށެވެ.
އަދި އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެ ކުއްޖާގެ ބައްޕަ ފަރާތު މާމަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.