ފެކްސް އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވަޒީފާއާ އެ ޓްރައިބިއުނަލްގެ ރައީސް އިދުރީސް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އާ ވެބްސައިޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިދުރީސް ވިދާޅުވީ އެގޮތަށް ހަމަޖައްސާފައި ވަނީ މިދިޔަ މާޗް މަހު ގެޒެޓުކުރި އެ ޓްރައިބިއުނަލްގެއާ ގަވާއިދުގެ ދަށުން ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އާ ވެބްސައިޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުިގެ ތެރެއިން ---- ސަން ފޮޓޯ/ އަލީ ނަސީރު

އަތޮޅުތެރޭގެ މީހުން މާލެ އައިސް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަމުން އައި އައުމަށް ނިމުމެއް ގެނެންސްފައި ވަނީ މިދިޔަ ފަސް އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދުރީސް ވިދާޅުވީ އަތޮޅުތެރޭގައި ޓްރައިބިއުނަލްގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ ބަލަމުން އަންނަ ކަމަށެވެ.