03 Jun 2015, 15:41
ކުރިއަށް އޮތް ތިން އަހަރު ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުންނާނީ ސްޕެއިންގެ ރަފާ ބެނިޓޭޒް ކަމަށް ރެއާލުން މިއަދު އިއުލާންކޮށްފިއެވެ.
ކުރިން ލިވަޕޫލާ ޗެލްސި އަދި ވެލެންސިއާ އާއި ނަޕޯލީގެ ކޯޗްގެ މަގާމުވެސް ފުރާފައިވާ ރަފޭލް ބެނިޓޭޒް ރެއާލް ގެ ކޯޗަކަށް ހަމަޖެއްސިކަން އަނގައި ރެއާލުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބެނިޓޭޒާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޭނާ އެޓީމްގެ ކޯޗްގެ ގޮތުގައި ހުންނާނެ ކަމަށެވެ.
ރެއާލުން ބުނީ ބެނިޓޭޒް އެޓީމްގެ ކޯޗެއްގެ ގޮތުގައި ތާރަފު ކުރުން އޮންނާނީ ސްޕެއިންގެ ގަޑިން މެންދުރު ފަހު 1:00 (ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00) ގައި އެޓީމްގެ ސެންތިއާގޯ ބްރްނަބިއު ސްޓޭޑިއަމްގެ ޕްރެޒިޑެންޝިއަލް ބޮކްސް ގައެވެ.
ބެނިޓޭޒްއާ ރެއާލްގެ ކޯޗުކަން ހަވާލުކޮށްފައިވަނީ މިދިޔަ ދެ ސީޒަންގައި އެތިމަށް ކޯޗްކޮށްދިން އިޓަލީ ކާލޯ އަންޗޮލޯޓީ މަގާމުން ވަކި ކުރުމަށް ފަހުގައެވެ.
ބެނިޓޭޒްވަނީ 1993 ން 1995 ށް ރެއާލްގެ ޒުވާން ޓީމަށްވެސް ކޯޗް ކޮށްދީފައެވެ.