02 Jun 2015, 23:59
ކުރިއަށް އޮތް މުބުރާތްތަކުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބޭނުން ކުރާނެ އާ ޖޯޒީ ތާރަފްކޮށްފިއެވެ.
މިރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޓީމް ބޭނުން ކުރާނެ ފަސް ޖޯޒީ ކިޓެއް ވަނީ ތާރަފްކޮށްފައެވެ. ޖޯޒީ ތާރަފްކޮށްދެއްވީ ޔީތު މިނިސްޓަރު އަޙްމަދު ޒުހޫރެވެ.
އެ ރަސްމިއްޔާތުގައި ޖޯޒީ ދައްކާލީ ގައުމީ ޓީމްގެ ކުޅުންތެރިންނާ ޓީމްގެ އޮފިޝަލުންނެވެ.
އެއީ ގައުމީ ޓީމްގެ ރަސްމީ ޖޯޒިއާއި އަވޭ ޖޯޒިއާއި ޓްރޭނިންގ ކިޓާއި ޓްރެވަލް ކިޓްގެ އިތުރުން ހޮޓެލް ކިޓެވެ.
މިފަހަރުވެސް ޓީމްގެ ރަސްމީ ކުލައަކީ ރަތް ކުލައެވެ. އަވޭ ކުލައަކީ ނޫ ކުލައެވެ.
ގައުމީ ޓީމްގެ މިފަހަރުގެ ކިޓް ތައްޔާރުކޮށްފައިވަނީ ސްޕެއިންގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޖޯމާއިންނެވެ.