03 Jun 2015, 00:03
މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިިރިވުމުގެ ޕްރޮގުރާމުތައް އައްޑޫ ސިޓީގައި މާދަމާ ރޭ ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ޕްރޮގުރާމް ރޯދަ މަސް ނިމެންދެން ކުރިއަށްދާނެ ކަމަށެވެ. އެކައުންސިލުން ބުނީ މާދަމާ ރެއިން ފެށިގެން އައްޑޫ ސިޓީ ހިތަދޫގެ ތިން މިސްކިތެއްގައި ދަރުސް ދިނުން އޮންނާނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މަރަދޫ އާއި މަރަދޫފޭދޫ އާއި ފޭދޫ އާއި ހުޅުދޫގެ އިތުރުން މީދޫގެ ކޮންމެވެސް އެއް މިސްކިތެއްގައި ދަރުސް ދިނުން އޮންނާނެ ކަމަށެވެ.
ރޯދަ މަސް ފެށުމުން ދަރުސް ދެވޭ މިސްކިތްތައް އިތުރުވެގެން ދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ޕްރޮގްރާމްގައި ދީނީ ދަރުސް ދެއްވާނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިންނެވެ. އެ ޕްރޮގުރާމުގެ މަގުސަދަކީ ރަމަޟާން މަހާ މުސްލިމުން ކުރިމަތިލާއިރު ހިތާއި ނަފުސު ތާހިރުކޮށް އުފާވެރިކަމާ އެކު އެމަހާ ކުރިމަތިލުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.