02 Jun 2015, 18:00
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކިޓް ޕާޓްނަރެއްގެ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރި އެޑިޑާސް ކުންފުނި ދޫކޮށް ސްޕެއިންގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޖޯމާ ހަމަޖައްސައިފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމް ބޭނުންކުރާ ޖޯޒީ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ޖޯމާގެ ފަރާތުންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި ޖޯމަ ކުންފުންނީގެ ފަރާތުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކައި ޖޯމާއާ ބެހޭ ވީޑިއޯ ޕްރެސެންޓޭޝަނެއްވެސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޖޯމާ ކުންފުންނަކީ ވޭތުވެދިޔަ 50 އަހަރު ކުޅިވަރު ސާމާނު އުފައްދުމުގައި ޙަރަކާތްތެރި ވަމުން އަންނަ މަޝްހޫރު ކުންފުޏެކެވެ.
އެކުންފުނިން ވަނީ މީގެ ކުރިން ޔޫރަޕްގެ މަޝްހޫރު ކުލަބުތައް ކަމަށްވާ އާސެނަލްއާއި ފިއޮރެންޓީނާ ފަދަ ކްލަބުތަކަށް ކިޓް ފޯރުކޯށްދީފައެވެ.