ބްރަޒިލްގެ އެއް ވަނަ ޑިވިޝަންގައި ކުޅުނު ޑިފެންޑަރެއް ކަމުގައިވާ ޔޯހޭ ޖޮއިންސް ޓީސީ ސްޕޯޓްސް ކުލަބަށް ގެނެސްފި އެވެ.

ޔޯހޭ ޓީސީ ސްޕޯޓްސް އަށް ސޮއިކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް "ސަން"އަސް ބުނީ ބްރޭކަށްފަހު އަލުން ސީޒަންފަށާއިރު ޓީސީގެ ޓީމް ލިސްޓްގައި ޔޯހޭ ހިމެނޭނެ ކަމަށެވެ.

ޔޯހޭ ޓީމްގެ ފުރަތަމަ 11 އިން ފެންނާނެތޯ ސުވާލުކުރުމުން ނިޒާމް ބުނީ ފުރަތަމަ 11 ގައި ހިމެނުން އެއީ އެހެން ސުވާލެއް ކަމަށާއި ފުރަތަމަ 11 ގައި ކުޅުންތެރިޔަކު ހިމަނާނީ އޭނާ ކުރާ މަސައްކަތަށް ބިނާކޮށްކަމަށެވެ.

ޔޯހޭ ވަނީ ޖަޕާނުގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅޭފައި ވަނީ އެ ގައުމުގެ ދެ ވަނަ ޑިވިޝަންގެ ޓީމަކަށެވެ.

މިއީ ސީޒަން ބްރޭކްގައި ޓީސީއަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެޓީމުން ވަނީ މިސިޒަންގައި ނިއުއަށް ކުޅުނު ސަންޓޯސް ލައްވައި ސޮއިކުރުވާފައެވެ. ސަންޓޯސް އެންމެ ދުރަތަމަ ކުޅެފައިވަނި އޭވައިއެލްއަށެވެ.