01 Jun 2015, 19:30
ރޯދަމަހު މާލޭގައި ގިނަ ބައެއް ވިޔަފާރި ކުރުމަށް އަންނަ މައި މަރުކަޒު، ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.
ސިފައިން ދަތުރުވެރިންގެ މާރުކޭޓުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި މުޅި ތަނުގައި ތަޅުން އެޅުމާއި ފުރާޅު ދެފޫޓަށް ހިއްލާލުން ހިމެނެ އެވެ.
މަސައްކަތާ ގުޅޭ މައުލޫމާތު ދެއްވަމުން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ހައުސިން މިނިސްޓްރީން ތަކެތި ދިނުމުން އެމްއެންޑީއެފުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ރަމަޟާން މަސް ފެށުމުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައިލާނެ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަބްދުﷲ ޔާމީން އަބްްދުލް ގައްޔޫމް ގެ އިސްނެންގެވުމުގެ މަތިން ސިފައިިން ކުރުމަށް ނިންމާފައިވާ މަސައްކަތެއް،" ކެޕްޓަން އާޒިމް ވިދާޅުވި އެވެ.