01 Jun 2015, 16:40
ފޮރިން މިނިސްޓްރީއަށް ކޯޑިނޭޓަރަކު އައްޔަންކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް އައްޔަންކޮށްފައި ވަނީ ސ. ހުޅުދޫ ޑައިމަންޑް ވިލާ، އަހުމަދު އަނޫޝް އެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެއްގެ ގޮތުގައި އެ މަގާމު އަނޫޝްއަށް ދެއްވާފައި އިއްޔެ އެވެ.
އަނޫޝް ވަނީ އެކަން "ސަން"އަށް ޔަގީންކޮށްދީފަ އެވެ. ފޮރިން މިނިސްޓްރީގައި އަނޫޝް މަސައްކަތްކުރައްވާ މީޑިއާ ކޯޑިނޭޓަރުގެ ގޮތުގައި ކަމަށް 'ސަން' އަށް ވަނީ އެނގިފަ އެވެ.
އަނޫޝް ވަނީ ދިއެފްއެމްގައި ޕްރެޒެންޓަރެއްގެ މަގާމު އަދާކޮށްފަ އެވެ. އަދި ޗެނަލް 13 ގައި ސީނިއާ މަގާމެއް އަދާކޮށްފަ އެވެ. އަނޫޝް އަކީ ބަހުސް މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުން ތެރިއެކެވެ.