01 Jun 2015, 16:25
ބާސެލޯނާގެ ބްރަޒިލްގެ ޑިފެންޑާ ޑެނީ އަލްވޭސް ޑަ ސިލްވާ މިސީޒަނަށް ފަހު ބާސާ ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން އަލްވޭސް ބުނީ އޭނާ ކުރިމަގާ މެދު ނިންމާ ނިންމުން ނިންމާނީ ޗެމްޕިއަންސް ލީގު ފައިނަލަށް ފަހުގައި ކަމަށެވެ.
އަލްވޭސް ބުނީ އޭނާ އަބަދުވެސް ބާސާ ގައި ދެމިހުންނަން ބޭނުންވާ ވާހަކަ ބުނަމުންދާ ކަމަށާއި ނަމަވެސް އޭނާ ޓީމްގައި ބެހެއްޓުމާ މެދު ޓީމުން ވަކިގޮތެއް ނުނިންމާ ކަމަށެވެ.
"ބާސެލޯނާގައި ދެމިހުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އަހަރެންގެ އެއްބަސްވުން އާ ކުރުމާ ބެހޭގޮތުން މިދިޔަ އެއް އަހަރު ތެރޭ ކުލަބާއި އަހަރެން ވާނީ ވާހަކަ ދައްކާފައި. އެކަމަކު ކުލަބަކަން އަހެންގެ ކޮންޓްރެކްޓް އާ ކުރުމަކަށް ބޭނުމެއް ނުވޭ. އެހެންވެ އަންހަން އިހްސާސް ކުރެވެނީ މިހާރު އަހަރެންގެ އަގެއް ނެތް ކަން،" އަލްވޭސް ބުންނެވެ.
ސެވިއްޔާއިން 2008 ވަނަ އަހަރު ބާސާ އާއި ގުޅުނު އަލްވޭސްއަކީ މިހާތަނަށް ބާސާއިން އެންމެ އަގުބޮޑުކޮށް ގެނައި ޑިފެންޑަރެވެ. ސެވިއްޔަގައި ހުއްޓާ ބަސާއިން އަލްވޭސް ގެނައީ 23 މިލއަން ޕައުންޑަށެވެ.
ބާސާއާއެކު ހަތް އަހަރު ދުވަހުގެ އެއްބަސްވުމުގެއްގައި ސޮއި ކުރިއިރު އެއެއްބަސްވުމުގެ މުއްދަތު ހަމަވީނީ މިސީޒަންގެ ނިޔަލަށެވެ.
ސްޕެއިންގެ މީޑއާ ރިޕޯޓްތައް ބުނާގޮތުން އަލްވޭސް ދެން ގުޅޭނީ ފްރާންސްގެ ޕީއެސްޖީއަށް ނުވަތަ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓަޑަށެވެ.