01 Jun 2015, 13:49
އެމްޓީސީސީ ކަށަވަރުން ވިއްކަމުން އަންނަ ސުޒުކީ އިންޖީނަށް ހާއްސަކޮށްގެން "މިނިވަން 50 ސުޒުކީ ރޯދަ ޕްރޮމޯޝަަން"އެއް ފަށައިފި އެވެ.
ސުޒުކީ އިންޖީނުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ އެ ޕްރޮމޯޝަން މިއަދު ފަށާފައިވާ އިރު އެ ޕްރޮމޯޝަން އަންނަ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި އޮތް ޕްރޮމޯޝަންއާ ބެހޭގޮތުން އެ ކުންފުނީގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިއަދު ފެށި އެ ޕްރޮމޯޝަންގައި 2.5 ހޯސްޕަވަރުން ފެށިގެން 250 ހޯސްޕަވަރުގެ އިންޖީނުން ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ތެރޭގައި 1،000 ރުފިޔާ އާއި 10،000 ދެމެދުގެ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު ކަށަވަރު ޝޯރޫމް އިން ގަންނަ ކޮންމެ އިންޖީނަކާ އެކު މެއިންޓެނެންސް ކިޓެއް ހިލޭ ލިބޭނެ ކަމަށް ވެސް އަބްދުއްރައްޒާގު ވިދާޅުވި އެވެ.
އެ ޕްރޮމޯޝަން އަކީ ރޯދަމަހާ ދިމާކޮށް އިންޖީން ގަންނަން ބޭނުންވާ ފަރާތްތަކުންނަށް ލުއި އަގެއްގައި އިންޖީނު ލިބޭނޭ ގޮތް ހޯދައި ދިނުމަށް އެމްޓީސީސީ އިން ފެށި ޕްރޮމޯޝަން އެކެވެ.