23:49 ފުލުހުންނާއި އަތޮޅު ކައުންސިލްގެ މެންބަރުން ދެންމެ ބޭއްވި ބައްދަލުވުން އޮއްޓަރެއް ފައިދާ ނުވެ ނިމިއްޖެ އެވެ. ކައުންސިލްގެ ރައީސް މޫސާ ފަތުހީ އެއީ "އޭނާއާ ރައްޔިތުން ނިދިޔަ ނުދޭން ބޭއްވި ބައްދަލުވުމެއް" ކަމަށައި އެމީހުން ބޭނުން ވަނީ ކައުންސިލް އިދާރާގެ ތަޅުދަނޑި ކަމަށެވެ.
"މި ސަރުކާރަކީ ތަޅުދަނި ފަތީގެ ސަރުކާރެއް. ތަޅު އަޅުވާނެ ތަޅުދަނޑިފަތި އަތުލާނެ" މޫސާ ފަތުހީ އާދަމް ވިދާޅުވި އެވެ.

ބައްދަލުވުމަށް ފަހު ދެންމެ މޫސާ ފަތުހީ ދެއްވި އިންޓަވިއުގައި ވިދާޅުވީ މާދަމާވެސް ކައުންސިލްގެ އިދާރާ ހުޅުވާނެ ކަމަށާއި ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައް ވިޔަ ނުދޭނެ ކަމަށެވެ. ރޭގަނޑުގެ ނިދި ނަގާލުމަށްފަހު ރައްޔިތުން ހުރިހާ ކަމެއް ދޫކޮށް މަގުމައްޗަށް ނުކުމެ ތިބީ އެބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

23:37 މަޝްވަރާތައް ކުރަމުން ދިޔައަސް ދެފަރާތުގެ ވާހަކަތައް ދަނީ ހޫނު ޒުވާބެއްގެ ގޮތުގައެވެ. މަންޒަރު ފެންނަ ފެނުމަށް ހީވަނީ ބޮޑު ހަމަނުޖެހުމަކަށް ބަދަކުވެދާނެ ހެނެވެ. ދެންމެއާ ޖެހެންދެން ނިދާފައި ތިބި މީހުންނާއެކު އެންމެން މިވަގުތު ތިބީ އަތޮޅު ކައުންސިލް އިދާރާގެ ކުރިމަތީގަ އެވެ. ރައްޔިތުން ވަރަށް ބޮޑަށް ލޭ ހޫނުވެފައި ތިބި ނަމަވެސް މަޑުކޮށްލައިގެން ތިބުމަށް ކައުންސިލަރުން އެދިފައިވާތީ ހުރިހާ އެންމެވެސް ވާނުވާ ބަލަހައްޓައިގެން ތިބީއެވެ.

Listen!

23:18 ދާދި ދެންމެއަކު ފުލުހުން ސަފުތައް ކައުންސިލް އިދާރާގެ ތެރެއަށް ވަދެގެންފި އެވެ. މިހާރު ބޮޑު ހަމަނުޖެހުމަކަށް މަންޒަރު ބަދަލުވަމުން އެބަދެ އެވެ. ނަމަވެސް ފުލުހުން މަސައްކަތް ކުރަނީ ފުލުހުންގެ އިސް އޮފިސަރުންނާއި ކައުންސިލްގެ މެންބަރުންނާއެކު ސުލްހައިގެނ ވާހަކަތައް ފެށުމަށެވެ. އެތަނުގެ ތެެރެއަށް ވަން ނޫސްވެރިން މިހާރު ވަނީ ބޭރުކޮށްލައިފަ އެވެ.

23:11 ރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ މީހުން މަގުމަތީގައި ނިދަން އޮށޯވެއްޖެ އެެވެ. އެއްބަޔަކު ފޯރިއަށް ހޭލައި ތިބުމަށް ފަހު އަނެއް ބަޔަކު ނިދީ ދަންވަރު ފުލުހުން ކުރިމަތިކޮށްފާނެ ކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. ވަރަށް ގިނަ އަންހެނުންވެސް އެމީހުންގެ ކުޑަކުދިންނާއެކު މަގުމަތީގަ އާއި ސަތަރިތަކުގަ އާއި ޖޯލިތަކުގައި ނިދާފައި އެބަތިއްބެވެ. ފުލުހުންގެ ސަފުތައް ކުރިއެކޭ ވެސް އެއް ގޮތަށް އޮތީ ތައްޔާރީ ހާލަތުގަ އެވެ.

http://sun.mv/albums/l_272.jpg

21:45 ރަށުގެ މަގުތަކާއި އަތިރި މައްޗާއި ކައުންސިލް އިދާރާ ހިމެނޭ ހިސާބުގައި ރަށުގެ ރައްޔިތުން ކުޑަކުދިން ނިންދެމުމުގެ ކުރިން މަގުތައް މަތީގައި ކުދިންނަށް ކާންދިނުމާއި ރައްޔިތު ފިރިހެނުންނަށް ކާން ތައްޔާރު ކުރުމުގެ މަސައްކަތް ފޯރީގައި ކުރަމުން އެބަދެ އެވެ. ފެންނަ ފަށުގައި ފުލުހުންގެ ސަފުތައް ރުކުރުވާލާފައި ވަނީ ތައްޔާރީ ހާލަތުގަ އެވެ. މުޅި ރަށުގައި ވަނީ "ފުނަދޫ ރައްޔިތުން ފަހަތަށް ނުޖެހޭނެ" ކަމަށް ބުނާ ޝުއޫރުތައް ފާޅުވާ ފޮތިތައް ދަމާފަ އެވެ.

21:09 ފުނަދޫގައި ތިބި ފުލުހުންގެ ފައުޖުތައް ރުކުރުވާލައި ތައްޔާރީ ހާލަތަކަށް ގެނެސްފައިވާއިރު ރައްޔިތުން ވަނީ އެމީހުންގެ އެންމެ ތުއްތު ކުދިންނާއެކު ގެތަށް ދޫކޮށް މަގުތަކަށް ނުކުމެ އަތޮޅު ކައުންސިލްގެ އިދާރާގެ ދިފާއުގައި ތިބޭނެ ކަމަށް ބުނެފަ އެވެ. އެމީހުން ބުނަނީ ފުލުުހުން އަރައިގެންފިނަމަ ކުޑަކުދިން އައްޑަނައަކަށް ހަދާނެ ކަމެވެ. ރަށުގެ އެކި ދިމާލުގައި ހާއްސްކޮށް އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދުގައި ސަތަރި އަޅައި ކުޑަކުދިން ނިންދެވުމުގެ އިންތިޒާމު ފުނަދޫ ރައްޔިތު އަންހެނުންނާއި ފިރިހެނުން ދަނީ ކުރަމުންނެވެ.

http://sun.mv/albums/l_271.jpg

20:57 ފުލުހުންގެ ފައުޖުތައް މިވަގުތު އެތުރިލައިގެން ތިބީ ފުނަދޫގައި ހުންނަ ޕޮލިސް ސްޓޭޝަަންގަ އެވެ. ރައްޔިތުން ކުޑަކުދިންދިނާއި އަންހެނުންނާއެކު ނުކުމެތިބީ ފުލުހުން ހަދާ ގޮތެއްގެ އިންތިޒާރުގައި ފާރަ އަށެވެ.

http://sun.mv/albums/l_270.jpg

19:44 ބޮޑެތި މީހުންނާއި ކުޑަކުދިންނާ ރައްޔިތުން އަދިވެސް ތިބީ ކައުންސިލް އިދާރާ ކައިރީގަ އެވެ. ނަމަވެސް، ފުލުހުންގެ ބޮޑު ފައުޖެއް އެރަށަށް ދިއުމުން ރައްޔިތުން ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ނަމަވެސް، އަދިވެސް ކައުންސިލް އިދާރާ ދޫނުކުރާނެ ކަމަށް އަޑުގަދަކުރާއިން ގޮވަމުން އެބަދެ އެވެ.

19:32 ފުލުހުންގެ ބޮޑު ފައުޖެއް ފުނަދޫއަށް ގޮސްފި އެވެ. ކޯސްޓްގާޑުގެ ލޯންޗެއްގައި އެރަށް ދިޔަ ފުލުހުން މިހާރު ކަރުނަގޭހައި މުގުރުފަދަ ތަކެތި އެ ރަށަށް ބާލަމުންދާ ކަމަށް އެ ރަށުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ. ރައްޔިތުންނާއި ފުލުހުން އަދިވެސް ތިބީ ކައުންސިލް އިދާރާ ބޭރުގައި ފާރައަށެވެ.

http://sun.mv/uploads/l_566056.jpg

18:25 ފުނަދޫ ކައުންސިލް އިދާރާއަށް ފުލުހުން ވަނުމަށް މަސައްކަތްކުރަމުން އެބަދެ އެވެ. އެކަމާ ގުޅިގެން ރަށު ތެރޭގެ މަސްލަހަތު ހޫނުވެ، ރައްޔިތުން އަޑުގަދަކުރަމުންދާ ކަމަށް އެ ރަށުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.

15:19 ށ. ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލް އިދާރާ ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި، އެ އިމާރާތް ކައިރީގައި ފުލުހުން ފޯރިމަރަމުން ދާހާ ހިނދަކު އެއްވެފައިވާ މީހުން އެ ސަރަހައްދުން ދުރަށް ނުދާނެ ކަމަށް ފުނަދޫ ބައެއް ރައްޔިތުން ބުނެފިއެވެ.

http://sun.mv/albums/l_269.jpg

އަތޮޅުކައުންސިލް އިދާރާގައިރީގައި އެއްވެތިބި މީހުންގެ ތެރޭގައި ހިމެނޭ، އަލީ މުހައްމަދު ސަން އަށް މައުލުމާތުދެމުން ބުނީ، އެއްވެތިބި މީހުންނަށް ކެއުންތައްޔާރު ކުރުމުގެ ކަންތައްވެސް އެ ސަރަހައްދު މަގުމަތީގައި އުނދުންޖަހައިގެން ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެސަރަހައްދުން ރައްޔިތުން ދުރަށްދަނީ ޑިއުޓީ ބަހައިގެންފަދަ ގޮތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިމައްސަލައަށް ހަލެއް ނާންނަނީސް މި ސަރަހައްދުން ދުރަށްނުދާގޮތަށް އަޅުގަނޑުމެން މިތިބީ. އެހެންކަމުން ކެއުމާއި ސަޔާއި ކޮފީގެ އިތގުރުން ފާރޮށިމޮޑުމުގެ ކަންތައްވެސް އެސަރަހައްދުގައި ތިބެގެން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ، ގިނަ އަދަދެއްގެ ރައްޔިތުން އިދިއުޅުމަށް ކުރާ މަސައްކަތްތައް ދޫކޮށްލައިފަ މި ތިންދުވަހު މިއުޅެނީ މިކަމެއްގައި. ހާއްސަކޮށް އެ ސަރަހައްދުގައި ފުލުހުން ތިބިހާތައް ދުވަހަކު އަހަރެމެން އެތަނުން ދުރަކަށް ނުދާނަން" އަލީ ބުންޏެވެ.

14:31 ފުނަދޫގައި ގާއިމު ކުރި އަތޮޅު ކައުންސިލުގެ މައްސަލަގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅުގިން މިއަދު އެ އިދާރާ ކައިރިއަށް އެެއްވެފައިވާ ރައްޔިތުންނަށް މަގުމަތީގައި އުނދުން ޖަހައިގެން ކެއްކުމާއި ކެއުމުގެ ފޯރި ފުނަދޫގައި މިވަގުތު ވަރަށް ގަދަ އެެވެ. ހުރިހާ އެންމެވެސް ތައްޔާރުވަމުންދަނީ ކެއުމުގެ ވަގުތަށެވެ.

Listen!

އަންހެނުންނާއި ފިރިހެނުންނާއި އެންމެން އެކުވެގެން ގެންދަނީ ކެއްކުމުގެ ހަރަކާތުގައި ބައިވެރިވަމުންނެވެ. ކައުންސިލް އިދާރާގެ ދޮރުމަތީން ފުލުހުންގެ ކުރިމަތީގައި ވެސް އުނދުން ޖަހައިގެން ނޫޑްލްސް ކައްކަމުން އެބަދެ އެވެ.

http://sun.mv/albums/l_261.jpg

14:31 ފުނަދޫ ރައްޔިތުން ބުނަމުންދަނީ ތުލުސްދޫގައި އިއްޔެއާއި ކުރީ ދުވަހު ހިނގިފަދަ ކުރިމަތިލުމަކަށް ފުލުހުން ހިނގައްޖެނަމަ ފުލުހުންނަށް ދޫނުދޭނެ ކަމަށައި އެއަށްވުރެ އަވަހަށް ފުލުހުން ފަހަތަށް ޖައްސައި ބޭރުކުރާނެ ކަމަށެވެ.

14:27 ށ. ފުނަދޫގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގައި މިވަގުތު އެއްވެސް ހަރަކާތެއް ނެތެވެ. ފުލުހުން ވެސް ކައުންސިލް އިދާރާގެ ވަށައިގެން ތިބީ އެވެ. ރައްޔިތުން ވެސް ނުކުމެ ތިބީ އެވެ. އެއްވެސް ބަޔަކު އެއްވެސް ކަމެއްގައި މަސްއޫލުވެގެނެއް ނޫޅެ އެވެ.

13:56 ފުލުނުން ކައުންސިލްގެ އިދާރާ ވަށާލައިފައި ވީނަމަވެސް ކައުންސިލަރުންގެ އެބޭފުޅުންގެ މަަސައްކަތުގައި އިދާރާގެ ތެރޭގައި އެބަތިއްބެވި އެވެ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ ދާދި ދެންމެއަކު ވިދާޅުވީ މަސައްކަތަށް ހުރަސް ނޭޅި ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ.

13:28 ފުނަދޫގައި ގާއިމުކޮށްފައި ހުރި އަތޮޅު ކައުންސިލް އިދާރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ކުރާ މަސައްކަތް ސުލްހަވެރި ގޮތުގައި ހައްލު ކުރުމަށް އިދިކޮޅު ޑީއާރްޕީގެ ފެކްޓް ފައިންޑިން މިޝަން އެއް ފުނަދޫއަށް ދަތުރު ފަށައިފި އެވެ. މި މިޝަންގައި އިސް ހުންނެވީ ޑިޕިއުޓީ ލީޑަރު އަލީ ވަހީދެވެ.

Listen!

އޭނާ ވިދާޅުވީ މި މިޝަންގައި ބައިވެރިވަޑައިގަންނަވަނީ ސިފައިންނާ ފުލުހުންނާ ގުޅުންހުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށެވެ. މި ދަތުރުގައި ނޫސްވެރިންވެސް ހިމެނެ އެވެ.

http://sun.mv/albums/l_254.jpg

12:23 އަތޮޅު ކައުންސިލުގެ އިދާރާގެ މައްސަލައިގައި ރައްޔިތުން ނުކުމެފައިވާތީ ރަށުގެ އަންހެންވެރިންގެ ގިނަ ބަޔަކު މަސައްކަތް ހުއްޓައިލުމަށް ފަހު މަގުމައްޗަށް ނުކުމެ އަތިރިމަތީގަ އާއި މަގުތަކުގައި އުނދުންޖަހައިގެން ރައްޔިތު ފިރިހެނުންނަށް ކެއްކުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދެ އެވެ.

http://sun.mv/albums/l_259.jpg

12:20 ކުޅުދުއްފުށީގައި ތިބި ފުލުހުންގެ ތެރެއިން ވެސް ބައެއް ފުލުހުން ފުނަދޫއަށް ހިނގައްޖެ އެވެ. ރަށުތެރެ ހަލަބޮލިކޮށް އޮތް ނަމަވެސް ކުރިމަތިލުމަކަށް ގޮސް ހަމަނުޖެހުންތަކެއް އަދި ނުހިނގަ އެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި މާލޭން ވެސް އެރަށަށް ފުލުހުންދާން ވަނީ ތައްޔާރުވެފައެވެ. މިކަން ފުލުހުން ވެސް ދޮގެއް ނުކުރެ އެވެ.


11:52 އިދިކޮޅު ޑީއާރްޕީގެ ފެކްޓްފައިންޑިން މިޝަންއެއް ށ. ފުނަދޫއަށް ފުރަން ތައްޔާރުވެއްޖެ އެވެ. އެޕާޓީން ބުނެފައި ވަނީ މިއަދު ބާރަގަޑި ބައި އެހާކަންހާއިރު ޑީއާރްޕީގެ ޓީމް ފުނަދޫއަށް ދަތުރު ފަށާނެ ކަމަށެވެ.

http://sun.mv/albums/l_257.jpg

11:41 ގިނަ އަދަދެއްގެ އިތުރު ފުލުހުން ފުނަދޫއަށް ހިނގައްޖެ އެވެ. ފުލުހުންގެ އާ ފައުޖު ދަނީ ރަށަށް އަރަމުންނެވެ. ރަށް ދަނީ ހަލަބޮލިވަމުންނެވެ. ފުނަދޫގައި ތިބި ފުލުހުންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުޅޭ ކަމަށް ބުނަމުން އެބަދެ އެވެ. ބައެއް މީހުން ބުނަނީ މީގެ ކުރިން އެރަށުގައި އޮތް ފައުޖުގެ ވެރިޔަކަށް ހުންނެވި ސާޖެންޓް މުހައްމަދު އަލީ މިއަދު ހުންނެވީ ސްޓޭޝަން ތެރޭގައި ކަމަށައި ފީލްޑްގައި ހަރަކާތްތެރިވަނީ އެހެން ބޭފުޅެއް ކަމަށެވެ.
"ހަބަރުތައް ލިބެނީ ހިޔާލު ތަފާތުވެގެން އުޅެނީ ތުލުސްދޫގެ ހަމަނުޖެހުންތަކަށްފަހު ޑިޕިއުޓީ ކޮމިޝަނަރު ސަސްޕެންޑް ކުރި ހާދިސާއާ ގުޅިގެން ކަމަށް،" ފުނަދޫ މީހަކު ބުންޏެވެ.

11:16 އިތުރު ފުލުހުން ފުނަދޫއަށް ދާ ކަމުގެ މައުލޫމާތުތައް ފުނަދޫން އެބަދެ އެވެ. މިހާރު ފުނަދޫގައި ތިބި ފުލުހުންނަށް ކާނާ ތައްޔާރުކުރާ ފަރާތާ ހަވާލާދީ ފުނަދޫން ވާހަކަ ދެއްކި މީހުން ބުނީ އިތުރު 30 ފުލުުހެއްގެ ކޮއްތަށް އޯޑަރުކޮށްފައިވާ ކަމަެވެ. މިވަގުތު ވެސް ފުނަދޫގައި ގިނަ އަދަދެއްގެ ފުލުހުން އެބަތިއްބެވެ.

10:47 ފުނަދޫގައި ގާއިމްކޮށްފައި ހުރި އަތޮޅު ކައުންސިލްގެ އިދާރާއަކީ އަތޮޅު ކައުންސިލް އިދާރާ ކަމަށް އަނެއްކާވެސް ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
Listen!

10:40 އަތޮޅު ކައުންސިލްގެވ ރައީސް މޫސާ ފަތުހީ ދާދިދެންމެއަކު ވިދާޅުވި ގޮތުގައި ކައުންސިލުގެ މެންބަރުން މިވަގުތު ތިބީ ކައުންސިލް އިދާގެ ތެރޭގަ އެވެ. ފުލުހުން ކިތަންމެ ވަރަކަށް އިންޒާރު ދެމުންދިޔަ ނަމަވެސް އެތަނުގެ ތެރެއިން ނުނުކުންނާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން ކައުންސިލަރުން ތިބެންޖެހޭ ތަން ކަމަށް ވެސް ފަތުހީ ދާދި ދެންމެއަކު ވިދާޅުވި އެވެ. ފުލުހުން ވަނީ މިވަގުތު މުޅި އިމާރާތް ވަށައިލާފަ އެވެ.

10:33 ފުނަދޫގައި ހުންނަ އަތޮޅު ކައުންސިލު އިދާރާ ކައިރިއަށް މިވަގުތު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ކައުންސިލުގެ މެންބަރުން ތިބީ އަތޮޅު ކައުންސިލްގެ އިދާރާގެ ތެރޭގަ އެވެ. މި މައްސަލައިގައި ރަށުގެ ރައްޔިތުން މިވަގުތު ތިބީ ނަފުސާނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެށ. ފު