ޗައިނާގެ ވެރިރަށް ބެއިޖިންގެ އާންމު ސަރަހައްދުތަކުގައި ސިނގިރޭޓް ބޯ މީހުންގެ ޖޫރިމަނާ ފީ ބޮޑުކޮށްފި އެވެ.

މީގެ އަހަހަރުތަކެއް ކުރިން ބެއިޖިންގެ އާންމު ސަރަހައްދުތަކުގައި ސިނގިރޭޓް ބުއިން މަނާކޮށް، އަދި އެ ސަރަހައްދުތަކުގައި ސިނގިރޭރޭޓް ބޯ ފަރާތްތަށް 1.60 ޑޮލަރުން ޖޫރިނަމަނާ ކުރުމަށް ނިންމާފައިވެ އެވެ. ނަމަވެސް މިހާރު އެ ފީ ވަނީ 32.25 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އެގޮތުން ސިނގިރޭޓް ބުއިން މަނާ ސަރަހައްދުތަކުގެ ތެރޭގައި ސުކޫލުތަކާއި ހޮސްޕިޓަލުތަށް ވެސް ހިމެނޭ ކަމަށް މިއަދު ޗައިނާގެ ސަރުކާރުން ފާސްކުރި ގާނޫނުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ތިން ފަހަރަށް ވުރެ ގިނަ ފަހަރު އާންމު ސަރަހައްދުތަކުގައި ސިނގިރޭޓް ބޮއިގެން ޖޫރިމަނާ ކުރުމަށް ފަހު އެމީހެއްގެ ނަން ޗައިނާގެ ރަސްމީ ވެބްސައިޓްގައި "ލަދުވެތި" އެ ނަމުން ނަންދެވިފައިވާ ލިސްޓެއްގައި ޝާއިއުކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޗައިނާގެ ޕްރީސްކޫލުތަކާއި ޕްރައިމަރީ ސްކޫލުތަކާއި 100 މީޓަރަށް ވުރެ ކައިރި އެއްވެސް ފިހާރައެއްގައި ސިނގިރޭޓް ވިއްކުން ވެސް އެގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އަދި އާންމުކޮށް ސިނގިރޭޓް ވިއްކާ ފިހާރަތަކުން ވެސް ސިނގިރޭޓް ފޮށީގެ ބޭރުގައި އޭގެންވާ ގެއްލުން ލޭބަލް ނުކުރާ ނަމަ 1600 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޗައިނާގެ ސަރުކާރުން ވަނީ އަންގައިފަ އެވެ.

ޗައިނާގައި ސިނގިރޭޓް ބޯ 300 މިލިއަން މީހުން ދިރިއުޅޭ އިރު އަހަރެއްގެ މައްޗަށް އޭގެ ތެރެއިން އެއް މިލިއަން މީހުން ސިނގިރޭޓާއި ގުޅުން ހުރި ބަލިތަކުގައި ދުނިޔެ ދޫކުރާ ކަމަށް ޗައިނާގެ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގެ ކޮމިޝަނުން ހެދި ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

މައުލޫމާތު: އަލްޖަޒީރާ