01 Jun 2015, 11:09
މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު ރިސެސްއަށް ހިނގައްޖެ އެވެ.
މިއީ ކޮންމެ އަހަރެއްގެ މެދުތެރެއިން 10 ދުވަހުގެ މުއްދަތަށް ނަގާ ރިސެސް އެވެ. އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ވެސް ސިވިލް ކޯޓު ރިސެސްއަށްދާނެ އެވެ.
ސިވިލް ކޯޓުން ރިސެސްއަށްދާ މުއްދަތު ކަނޑައަޅާފައި ވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެކޯޓުގެ ގާޒީންގެ މަޖިލީހުން ފާސްކޮށްގެނެވެ.