މަސްތުވާ ބޭހެއް ގެންގުޅުނު މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާކުރުމާ އެކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހ. ބުރުނު ހުސައިން ނަހުލާން އަބްދުލްގައްޔޫމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ 7:15 އެހާކަންހާއިރު އޭނާގެ އަތުން އަށް ރަބަރު ޕެކެޓުގެ އަލްޕްރޮޒޯލަމް ފެނިފައިވާތީ އެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ލޮނުޒިޔާރަތްމަގު އަމީރު އަހްމަދު ސްކޫލް ކައިރީ ހުއްޓައެވެ. ނަހުލާން ވަނީ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާ ބޭސް ތަހުލީލުކުރި އިރު އޭގެބަރުދަނުގައި 0.4770 ގްރާމް އަލްޕްރޮޒޯލަމް ހުރި ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.