އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދެ ދިވެއްސަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުން މަރުވީ ސޫރިޔާގެ އިރު އުތުރުގެ ޝަހަރެއްކަމަށްވާ ހަސާކާ ހިފުމަށް ސޫރިޔާ ސިފައިންނާ ދެކޮޅަށް އައިއެސް އިން މިހާރު ކުރަމުންދާ ހަނގުރާމައިގަ އެވެ.

އެ ދެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ތަފާތު ތިން ދިމާލަކުން ހަސާކާއަށް ރޭ ދިން ހަމަލާގައި އައިއެސް އިން ވަނީ ސޫރިޔާ ސިފައިންގެ ތިން މަގާމެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ސޫރިޔާ ސަރުކާރާއި ބައެއް އެހެން ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ އައިއެސް އިން ވަނީ އެގައުމުގެ ދެބައިކުޅަ އެއްބައި ހިފާފަ އެވެ.

އައިއެސްއާ ގުޅިގެން ރާއްޖޭގެ މަދު އަދަދެއްގެ މީހުން ހަނގުރާމަ ކުރަމުން ދާއިރު އޭގެ ތެރެއިން ބައެއް މީހުން ކުރިން ވެސް ވަނީ މަރުވެފަ އެވެ.