31 May 2015, 14:05
މިނިވަން 50 ގައި ބައިވެރި ނުވުމަށް ނިންމުމުން މުސާރަ ނުލިބޭގޮތަށް ފަސް ކައުންސިލަރަކު އެއް މަސްދުވަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ނިންމައިފި އެވެ.
ސަސްބެންޑްކުރި ކައުންސިލަރުންނަކީ އދ. އަތޮޅު ކައުންސިލް މެމްބަރު އަލީ އަޒަމް އާއި އެއަތޮޅު ކައުންސިލް އަހުމަދު ހަލީލް އާއި އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަލީ ސަމީރު އާއި އެކައުންސިލް މެމްބަރު ހަސަން ޝިޔާން އާއި މޫމިން ސިޔާމް އެވެ.
އެލްޖީއޭއިން ބުނީ އެކައުންސިލަރުން ސަސްޕެންޑް ކުރީ މިނިވަން 50ގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ނިންމުމާއި ގުޅިގެން ކަމަށެވެ.
އަތޮޅު ކައުންސިލްގެ މެމްބަރެއްގެ މުސާރައަކީ 15000 ރުފިޔާ އެވެ.