ކޮކާކޯލާގެ ނަމުގައި ރީލޯޑްކޮށްދޭން އެދި ކުރާ ކޯލްތަަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކަށް ރީލޯޑް ނުކޮށްދިނުމަށް ކޮކާކޯލާއިން އެދޭ ކޮކާ ކޯލާއިން ބުނެފިއެވެ.

ކޮކާކޯލާގެ މާކެޓިން އޮފިސާ އަހުމަދު ނަބީލް 'ސަން' ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެފަދަ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

"ގުޅާފަ މި ބުނަނީ މީ ކޮކާކޯލާއިންނޭ، ނަސީބު ނަމްބަރެއް ނެގީމަ އިނާމެއް ލިބޭނެ، އެކަމަކު މި ނަސީބް ނަމްބަރު ނެގޭނީ 500 ރުފިޔާ ރީލޯޑް ކުރީމައޭ" ނަބީލް ވިދާޅުވިއެވެ.

ބައެއް ފަހަރު ދަރުބާރުގެއަށް ވަކި އެއްޗެއް ހިފާގެން ދިއުމަށް ވެސް އެބައެދޭ ކަމަށް ނަބީލް ވިދާޅުވި އެވެ. އެންމެ ފުރަތަމަ މި މައްސަލަ ފެށުނީ ކޮކާކޯލާ އަށް ރާއްޖޭގައި ވިޔަފާރި ކުރާތާ 25 އަހަރު ފުރުމުގެ ގޮތުން ކުރިއަށް ގެންދިއަ ޕްރޮމޯޝަނާއި ދިމާކޮށެވެ. މިހާރު އެ ޕްރޮމޯޝަން ވަނީ ނިމިފައެވެ.

ކޮކާލާގެ އިތުރުން އެހެން ބައެއް ކުންފުނިނަމުގަ ވެސް ގުޅާ ރީލޯޑްކޮށްދިނުމުން ބޮޑެތި އިނާމުތައް ލިބޭނެ ކަަމަށް ބުނެ ދަނީ ފޯން ކޯލް ކުރަމުންނެވެ. އޭގެތެރޭގައި އެމްޓީސީސީގެ ކަށަވަރު ޕްރޮމޯޝަންގެ ނަމުގައި ގުޅައިގެން ވެސް ވަނީ ފައިސާ ހޯދުމަށް ވަގު ކޯލްތަކެއް ކޮށްފައެވެ.

މި މައްސަލަ ހައްލުކުުރުމަށްޓަަކައި ފުލުހުން މަސައްކަތްކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.