މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ލާމް އަތޮޅަށް ނިސްބަތްވާ ސްޓާ ގެ މައްޗަށް ދެ ވަނަ ބުރުގައި 11-0 ގެ ތަފާތު ނަތީޖާއަކުން ނިއުރޭޑިއެންޓް މޮޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗްގައި ނިއުރޭޑިއަންޓްގެ އިންޑިއާގެ ގައުމީ ޓީމްގެ ކެޕްޓަން ނޮގޮގަމް ވަނީ ހަތް ލަނޑު ޖަހާފައެވެ. ނިއު މެޗްގައި ކާމިޔާބު ކުރި ފުރަތަމަ ހަ ލަނޑުވެސް ކާމިޔާބު ކުރީ ނޮގޮންގަމްއެވެ.

އެގޮތުން އޭނާ ލަނޑުތައް ކާމިޔާބުރީ މެޗްގެ 10 މިނެޓާއި 12 ވަނަ މިނެޓާއި 15 ވަނަ މިނެޓާއި 21 ވަނަ މިނެޓާއި 44 ވަނަ މިނެޓް އަދި 55 ވަނަ މިނެޓްގައެވެ. ނިއުގެ ހަތް ވަނަ ލަނޑު އިންޑިއާގެ އަނެއް ފޯވަޑް ކާމިޔާ ބުރީ 57 ވަނަ މިނެޓްގައެވެ.

ނިއުގެ އަށް ވަނަ ލަނޑު ނޮގަންގަމް ކާމިޔާބު ކުރި މެޗްގެ 63 ވަނަ މިނެޓްގައެވެ.

ނިއުގެ ނުވަ ވަނަ ލަނޑު ކާމިޔާބު ކުރީ އިންޑިއާގެ އެހެން ކުޅުންތެރިޔެއް ކަމުގައިވާ ލޮޓިންގަމްއެވެ.

ނިއުގެ 10 ވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 73 ވަނަ މިނެޓްގައި ޝަހުލާ ތައުފީޣްއެވެ.

އެޓީމްގެ 11 ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ނުވަ ވަނަ ލަނޑުވެސް ކާމިޔާބު ކުރި ލޮޓިންގަމްއެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ކޮންމެ ޓީމެއްވެސް އެއް މެޗް ކުޅެފައިވާއިރު އެންމެ ކުރީގައި އޮތީ ނިއުރޭޑިއަންޓާ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ.

މުބާރާތުގެ ފައިނަލަށް ދާނީ ދެ ބުރު ކުޅެގެންވެސް އެނެމ ގިނަ ޕޮއިޓް ހޯދާ ދެޓީމެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ މަދަމާއެވެ. މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ސަން ޓީމާއި ސްޓާއެވެ. ރޭގަނޑު އޮންނަ މެޗްގައި ބައްދަލު ކުރާނީ ނިއުއާއި ޑީއެސްސީއެވެ.