ޕޮޕް މިއުޒިކްގެ ރަސްގެފާނު މައިކަލް ޖެކްޝަންގެ 2700 އޭކަރުގެ ގަނޑުވަރު ނޫނީ ބޮޑު ގޯއްޗަކާ އެކުވާ ގެ ވިއްކާލުމަށް އިއުލާންކޮށްފި އެވެ.

އެމެރިކާގެ ކެލިފޯނިއާގައި ހުންނަ 22 އިމާރާތުގެ އެ ގެ ވިއްކާލުމަށް އިއުލާންކޮށްފައި ވަނީ 100 މިލިއަން ޑޮލަރަށެވެ. އެ ގޭގައި 12،000 އަކަފޫޓުގެ 22 ކޮޓަރި ހުރެ އެވެ. އަދި ހަތަރު ކޮޓަރީގެ ގެސްޓް ހައުސްއަކާއި ވަކިން ހުންނަ ދެ ކޮޓަރީގެ ގެސްޓް ހައުސެއްގެ އިތުރުން ސްވިމިން ޕޫލަކާއި ބާސްކެޓް ކޯޓަކާއި ޓެނިސްކޯޓަކާއި ބާބިކިއު އޭރިޔާއަކާއި 50 ގޮނޑީގެ ތިއޭޓަރެއް ހުރެ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަތް ވަނަ އަހަރު ޖެކްޝަން އެ ރެންޗު ގަތީ 19.5 މިލިއަން ޑޮލަރަށެވެ. އޭނާ އެގޭގައި 15 އަހަރު ދިރިއުޅުނެވެ. އަދި 2008 ވަނަ އަހަރު ފައިސާގެ ތާށި ކަމެއް ކުރިމަތި ވުމުން ގެ މަރާމާތު ކުރުމަށް ފަހު ވިއްކާލުމަށް މަސައްކަތް ކުރި އެވެ.

ޖެކްޝަން ކުޑަކުދީންނާ ބެހުނު ކަމުގެ ތުހުމަތު ކުރެވުމުން އެ ގޭގައި ފުލުހުންގެ ތަހުގީގުތަކެއް ކުރި އިރު އަދި 2005 ވަނަ އަހަރު އޭނާ އެކަމުން ސަލާމްވެ، 2009 ވަނަ އަހަރު ޖެކްޝަންގެ އުމުރުން 50 އަހަރުގައި ނިޔާވި އެވެ.