29 May 2015, 16:33
ފުރަތަމަ އެމްބީއޭ ކަޕްގެ ފިރިހެން ދެ ވަނަ ޑީވިޝަންގެ ފައިނަލް މެޗްގައި ދަ ބޯސް ސްޕޯޓްސް ކުލަބުގެ މައްޗަށް 13 ޕޮއިންޓްގެ ތަފާތަކުން މޮޅުވެ އެލްޓީ ސްޕޯޓްސް ކުލަބު ޗެމްޕިއަންކަން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެލްޓީ 93 ޕޮއިންޓް ހޯދިއިރު ބޯސްއަށް ހޯދިފައިވަނީ 80 ޕޮއިންޓެވެ.
ފައިނަލް މެޗު މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ 17 ޕޮއިންޓް ހޯދި އެލްތީގެގެ މުޙައްމަދު ރަޔާންއެވެ.
މި މެޗަށް ފަހު ދެ ވަނަ ޑިވިޝަންގެ އެކި މަޤާމުތަކަށް އައި ކުޅުންތެރިން ވަނީ ހޮވާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވިފައި ވަނީ އެލްޓީގެ މަފާޒު މުޙައްމަދެވެ.
އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިކަށް ހޮވިފައިވަނީ އޮފް އެފްސީގެ ޢަބްދުﷲ ޢާތިފެވެ.
އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަ ބޯސްގެ މުޙައްމަދު ރިޝްފާން ރަޝީދެވެ. އަދި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ކަމިޔާބު ކުރި ކުޅުންތެރިޔަކީވެސް ރީޝްފާންއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލްޓީގެ އަޙްމަދު ރާއިދު ސަލީމެވެ.
އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން އެލްޓީގެ ކޯޗް މުޙައްމަދު ޒިލާލްއެވެ.
މުބާރަތުގެ އެއް ވަނަ ޑިވިޝަންގެ ފައިނަލް މެޗް އޮންނާނީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓްގައެވެ.