28 May 2015, 18:46
އިލެކްޓްރޯނިކް ސާމާނުގެ ސަބަބުން ތިމާވެއްޓަށް ކުރާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހަމައެކަނި ލަކުޑި ބޭނުންކޮށްގެން ސެމީ ކޮންޑަކްޓާ ޗިޕުތަކެއް އުފައްދައިފި އެވެ.
ޕޯޓެބަލް އިލެކްޓްރޯނިކް ސާމާނުތަކަކީ ރިނިއުބަލް ތަކެއްޗެއްސެއް ނޫނެވެ. އޭއްޗެއްސަކީ ބަޔޯޑީގްރޭޑް ނުކުރެވޭ އެއްޗެއްސަށް ވުމުގެ އިތުރުން އެތަކެއްޗަކީ ޓޮކްސިކް ތަކެއްޗެވެ. އެހެން ކަމުން އެ ތަކެއްޗަކީ ތިމާވެއްޓަށް ގިނަ ގޮތްގޮތުން ގެއްލުންތަކެއް ދޭ އެއްޗެއްސެވެ.
ޔުނިވާސިޓީ އޮފް ވިސްކޮންސިން މެޑިސަންގެ ރިސާޗަރުންނާއި ޔޫއެސް ޑިޕާޓްމެންޓް އޮފް ފޮރެސްޓް ޕްރޮޑަކްޓްސް ލެބޯރަޓޮރީ (އެފްޕީއެލް) އާ ގުޅިގެން ތައްޔާރު ކުރި އެ ޗިޕަކީ ސެސިއުލޯސް ނެނޯފައިބްރިލް (ސީއެންއެފް) މެޓީރިއަލް އަކަށްވާއިރު އެ ޗިޕު ފްލެކްސިބަލް ވާނެ އެވެ.
ބަޔޯޑީގްރޭޑެބަލް އެ ޗިޕުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެލެކްޓްރިކަލް އެންޑް އެންޖިނިއަރިން ޕްރޮފެސަރު ޖެންކިއަން މާ ވިދާޅުވީ އިލެކްޓްރޯނިކް ސާމާނުގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ އެ ޗިޕުތަކަކީ ބަޔޯޑީގްރޭޑެބަލް ޗިޕުތަކެއް ކަމަށެވެ. އެހެން ކަމުން އެތަކެތި ޖަންގައްޔަށް ލުމާއެކު ފަންގަސް ފަދަ ތަކެތި އެ ޗިޕްތައް ޑީގްރޭޑް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗިޕްތައް ބަޔޯޑީގްރޭޑެބަލް ވުމުގެ ސަބަބުން ތިމާވެއްޓަށް ގިނަ ގޮތްގޮތުން ފަސޭހަތަކެއް ވެގެން ދާއިރު އޭގެ ފްލެކްސިބިލިޓީގެ ސަބަބުން ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކާމިޔާބުތަކެއް ލިބިގެންދާނެ އެވެ.