މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފަޔާޒު (އެފްއޭ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފަޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސަފީރު ކަމުން އިސްތިއުފާ ދިނުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރެއްގެ މަގާމު ފަޔާޒުއާ ހަވާލު ކުރެއްވީ މިދިޔަ އަހަރުގެ މިދިޔަ އޭޕްރީލު މަހުގެ 29 ވަނަ ދުވަހު އެވެ. އޭނާ އަކީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ. އަދި ހަމައެއާ އެކު ފަޔާޒަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ވެސް ފުރުއްވާފައިވާ ފަރާތެކެވެ. މެލޭޝިއާގެ ސަފީރު ކަމަށް ފަޔާޒު އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ ފޮރިން މިނިސްޓުރީގެ ސުޓޭޓު މިނިސްޓަރު ކަމުގެ މަގާމު ވެސް އަދާ ކުރައްވާފައި އެވެ.