28 May 2015, 01:35
މަޝްހޫރު ސޯޝަލް ނެޓްވޯކް "ޓްވިޓާ"ގެ ވިޑިއޯ ލައިވް ބްރޯޑްކާސްޓިން އެޕްލިކޭޝަން "ޕެރިސްކޯޕް" އެންޑްރޮއިޑް ޕްލެޓްފޯމް އަށް ލޯންޗު ކޮށްފި އެވެ.
ޓްވިޓާގެ އެ އެޕްލިކޭޝަން އިއްޔެ އެންޑްރޮއިޑް ޕްލެޓްފޯމްއަށް އައި އިރު އެ އެޕްލިކޭޝަން އެޕަލް ކުންފުނީގެ އައިއޯއެސް އަށް ދެ މަސް ކުރިން ވަނީ ލޯންޗު ކޮށްފަ އެވެ. މީޑިއާގެ ފަރާތްތަކުންނާއި ސެލެބްރިޓީސްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެ އެޕްލިކޭޝަން ރިލީޒް ކޮށް ފުރަތަމަ 10 ދުވަސް ތެރޭގައި ވަނީ އެއް މިލިއަން ޑައުންލޯޑްސް ހޯދާފަ އެވެ.

ޕެރިސްކޯޕް އަކީ ސިޓިޒެން ޖާނަލިޒަމް ހެދުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އެޕްލިކޭޝަނެކެވެ.
ޕެރިސްކޯޕް އަކީ ތިމާގެ "ލޮލުން ފެންނަ މަންޒަރު" އެ ވަގުތަކު އެހެން ތަންތަނުގައި ތިބި ބަޔަކަށް އެ ފެންނަ ވަގުތުގައި ދެއްކުމަށްޓަކައި ޓްވިޓާއިން ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަނެކެވެ.