ކްރިކެޓް ވޯލްޑް ކަޕުގައި ސްރީލަންކާ އަތުން 11 ލަނޑުން މޮޅުވި މެޗުގައި ކަނޑައަޅައިވާ ވަގުތަށްވުރެ ގިނަ ވަގުތު އުކުމުގައި ހޭދަ ކުރުމާއި ދެ އޯވަރު ދެމެދުގައި ލަސްކުރި ކަމަށް ބަލާފައި ޕާކިސްތާނު ކުޅުންތެރިން ޖޫރިމަނާކޮށްފި އެވެ.

މިކަމުގެ އަދަބަކީ ކޮންމެ ކުޅުންތެރިއެއްގެ މެޗުފީން 10 ޕަސެންޓް އުނިކުރުމެވެ. އަދި ކެޕްޓަން ޝާހިދު އަފްރީދީގެ މެޗު ފީން 20 ޕަސެންޓް އުނިކުރުމެވެ. މިކަން ޕާކިސްތާނުގެ ކުޅުންތެރިން ވެސް ވަނީ އެއްވެސް މައްސަލައެއްނެތި ބަލައިގެންފަ އެވެ.

ލަންކާ އަތުން ޕާކިސްތާނު މޮޅުވި މެޗުގައި އެ ގައުމުން ވަނީ ފުރަތަމަ އިނިންގްސްގައި 277 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ލަންކާ އަށް ހެދުނީ 266 ލަނޑެވެ. އަދި ކްރިކެޓް ވޯލްޑް ކަޕުގައި މިހާތަނަށް ދުވަހަކު ވެސް ލަންކާ އަތުން ޕާކިސްތާނު ބައްޔެއްނުވެ އެވެ.