27 May 2015, 01:43
އޮސްޓްރިއާގެ ވެސްޓްބާން ހޯފް ރޭލްވޭ ސްޓޭޝަނަށް ބޮމުގެ ހަމަލާއެއް ދޭން ރޭވިކަމުގެ ކުށް ސާބިތުވެ، އުމުރުން 14 އަހަރުގެ ކުއްޖަކު އަށް މަސް ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ވެރިރަށް ވިއޭނާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ.
މިދައުވާ އުފުލާފައިވާ އޮސްޓްރިއާގެ ސަރުކާރުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ 14 އަހަރުގެ ކުއްޖާއަކީ އައިއެސްއާއި އަލްޤައިދާއާ ގުޅުން އޮންނަ ކުއްޖެއްކަމަށެވެ.
އެގޮތުން އަލްގައިދާއާ ގުޅުން ހުރި ވެބްސައިޓަކުން ބޮންތަކެއް ހެދުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެގައުމުގެ ޕީޖީ އޮފީހުން ބުންޏެވެ.

އުމުރުން 14 އަހަރުގެ ކުއްޖާ ޝަރީއަތަށް ހާޒިރުކޮށްފައި ---- ފޮޓޯ/ ޓެލެގްރާފް
ނަމަވެސް މިއީ ކޮންކުޖެއްކަމެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. އެއީ ތުރުކީގެ ދެމަފިރިއަކަށް ލިބިފައިވާ ކުއްޖެކެވެ. އެކުއްޖާގެ އާއިލާއިން 2007 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން ދަނީ އޮސްޓްރިއާގައެވެ.
އެކުއްޖާ ހައްޔަރުކޮށްފައި ވަނީ މައިންބަފައިން އޭނާ ހިފައްހައްޓައިދިނުމަށް އެގައުމުގެ ފުލުހުންގެ ކިބައިން އެދުމުންނެވެ.
މީގެ ކުރިން 2012 ވަނަ އަހަރުވެސް ފުލުހުން އެކުއްޖާ ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޭރު އެކުއްޖާ ދޫކޮށްލީ ޝަރީއަތް ފެށެންދެން ވަގުތީގޮތުންނެވެ.