ހއ. ހޯރަފުށީގައި ސާފު ފުޅި އެއް ބޯލި އަންހެނެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ހޯރަފުށީގައި ސާފު ފުޅިއެއްބޯލި އުމުރުން 29 އަހަރުގެ އަންހެނެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ސާފު ފުޅި ބޯލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށެވެ.

މިކަމާ ބެހޭގޮތުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.