އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޕޫލް (ގުރޫޕް) ބީ ކިރިގިސްތާން އަތުން ސީދާ ތިން ސެޓުން މޮޅުވެ ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބަނގުލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ރާއްޖޭގެ ޓީމްގެ ފުރަތަމަ ސެޓް ކާމިޔަބު ކުރީ 25-15 އިންނެވެ. އަދި ދެ ވަނަ ސެޓް 25-18 އިން ކާމިޔަބު ކުރި އިރު ތިން ވަނަ ސެޓުން މޮޅުވީ 25-19 އިންނެވެ.

ސެމީފައިނަލް މެޗްގައި ރާއްޖެ ބައްދަލު ކުރަން ޖެހޭނީ ޕޫލް އޭ އިން ފައިނަލަށް ދަތުރު ކުރި އަފްގާނިސްތާނަށް ދެކޮޅަށެވެ. ޕޫލް ބީ އިން ދެން ފައިނަލަށް ދިޔައީ އިއްޔެ ރާއްޖެ އަތުން ބަލިވި ނޭޕާލް އެވެ. އެޓީމް ސެމީ ފައިނަލް މެޗްގައި ބައްދަލު ކުރަން ޖެހޭނީ ޕޫލް އޭ އިން ސެމިފައިނަލަށް ދަތުރު ކުރި އަނެއް ޓީމްކަމުގައިވާ ތުރުކްމިނިސްތާނެވެ.

ނޭޕާލާއި ތުރުކްމިނިސްތާން ބައްދަލުކުރާ ފުރަތަމަ ސެމީ ފައިނަލް މެޗް އޮންނާނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 3:00 މިނެޓްގަ އެވެ. ރާއްޖެ ކުޅޭ ސެމީފައިނަލް ދެ ވަނަ މެޗް އޮންނާނީ މާދަމާ ހަވީރު 5:00 ގަ އެވެ.