28 Feb 2011, 13:57
ސަޗިން ޓެންޑުލްކަރުގެ 120 ލަނޑާއެކު އިންޑިޔާއިން 338 ލަނޑު ހެދުމުން ކްރިކެޓް ވޯލްޑް ކަޕުގައި އިނގިރޭސިން އަތުން އެ ގައުމު މޮޅުވާނެ ކަމަށް ގިނަބަޔަކު ޔަގީންކުރި އެވެ. ނަމަވެސް އިނގިރޭސި ބެޓްސްމަން އެންޑްރޫ ސްޓްރަސް 158 ލަނޑު ހެދުމުން އިނގިރޭސިން މޮޅުވެދާނެ ކަމަށް ވެސް އެހާމެ ގިނަ ބަޔަކު ޔަގީންކުރި އެވެ. ހާއްސަކޮށް މެޗުގެ ފަހު 10 އޯވަރުގައި އިންޑިޔާ ބަލިކުރަން އިނގިރޭސިން އެންމެ 67 ލަނޑު ބޭނުންވުމުން އެގޮތަށް ގަބޫލުކުރި މީހުން ގިނަ އެވެ. އެކަމަކު 338 އަށް ލަނޑުނދެ ގައުމު ހަމަހަމަވުމުން ކުޅުންތެރިން ފާޅު ކުރި ޝުއޫރުތައް ވެސް ވަނީ މަސްހުނިވެފަ އެވެ.
ސްޓެރަސް ބުނީ އެމީހުން ތިބީ މޮޅުވާނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް މޮޅުނުވެވުމުން ހިތާމަ ކުރާ ކަމަށެވެ. އެކަމަކު މި މެޗަކީ 50 އޯވަރުގެ ކްރިކެޓްގެ މެޗުތަކުގެ ހަޔާތުގައި ފާހަގަކޮށްލަންޖެހޭ މެޗެއް ކަމަށެވެ. އަދި މި މެޗަކީ އޭނާގެ ކެރިކެޓް ހަޔާތުގައި ވެސް ފާހަގަކޮށްލެވޭ މެޗެއްކަމަށް ވެސް ސްޓްރަސް ބުންޏެވެ.
ޓެންޑުލްކަރު ވެސް ބުނީ މިމެޗަކީ އިންޑިޔާ ޓީމަށް ލިބުނު ފިލާވަޅެއް ކަމަށާއި ގިނަ ކަންތައްތަކެއް ރަނގަޅު ކުރަންވެއްޖެކަން މެޗުން ސާބިތުކޮށްދީފި ކަމަށެވެ.