ސަރުކާރު ހިއްސާވާ މަސް ކުންފުނިތަކުން ވިއްކާ ފެލިވަރު މަސް ދަޅުގެ އަގު ރޯދަޔަށް ހެޔޮކޮށްފި އެވެ.

ރޯދަޔަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާ އިރު ކުރިން 848 ރުފިޔާ އަށް ވިއްކި ތެޔޮ މަސް ކޭހެއް މިހާރު ވިއްކަމުން ދަނީ 779 ރުފިޔާ އަށެވެ. އަދި ކުރިން 780 ރުފިޔާ އަށް ވިއްކި ފެން މަސް ކޭހެއް މިހާރު ވިއްކަނީ 739 ރުފިޔާ އަށެވެ.

ވަކި ދަޅު ވިއްކާ އަގުތަކަށް ބަލާއިތު ކުރިން 18.25 ރުފިޔާއަށް ވިއްކި ތެޔޮ މަސް ދަޅެއް މިހާރު ވިއްކަނަީ 16.75 ރުފިޔާ އަށެވެ. އަދި ކުރިން 16.75 ރުފިޔާ އަށް ވިއްކި ފެން މަސް ދަޅެއް މިހާރު ވިއްކަނީ 15 ރުފިޔާ އަށެވެ.

ސަރުކާރު ހިއްސާވާ މަސް ކުންފުނިތަކުން މަސް ވިއްކާ އަގު ހެޔޮކޮށްފައިވާ އިރު ސަރުކާރު ހިއްސާވާ އެސްޓީއޯ އިން ބުނެފައި ވަނީ ރޯދަމަސް ގާތްކޮށް އާންމު ކާބޯތަކެތި ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.