26 May 2015, 12:17
މި އަހަރު މުޅިން އަލަށް ފަށައިގެން ކުރިއަށްގެންދާ ފުރަތަމަ ޑިވިޝަން އެމްބީއޭ ކަޕްގެ ފައިނަލަށް ޓީރެކްސް ޓީރެކް ދަތުރުކޮށްފި އެވެ.
ޓީރެކްސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ރެޑްލައިން ކުލަބް (އާރްއެލްސީ) އާއި ވާދަކޮށް 77 ޕޮއިންޓް 68 ޕޮއިންޓުން މޮޅުވެގެންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ 17 ޕޮއިންޓް ހޯދި ޓީރެކްސްގެ އަޙަމްދު އައުޝަން އެވެ.
ދެ ވަނަ ސެމީފައިނަލް މެޗްގައި ހަރިކޭންގެ މައްޗަށް ޔޫއެންފްރެންޑްސް ކާމިޔާބު ހޯދީ 73 ޕޮއިންޓް 65 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ 18 ޕޮއިންޓް ހޯދި ޢިމްރާން އަޙްމަދެވެ.
ޓީރެކްސް އާއި ފައިނަލްގައި ވާދަ ކުރަން ޖެހޭ ޓީމެއް އެނގިގެންދާނީ ފުރަތަމަ ސެނީފައިނަލުން ޓިރެކްސް އަތުން ބަލިވި އާރްއެލްސީއާއި ދެ ވަނަ ސެމީފައިނަލް މެޗުން މޮޅުވި ޔޫއެން ފްރެންޑްސް މިއަދު ކުޅޭ ތިން ވަނަ ސެމީފައިނަލުން މޮޅުވާ ޓީމެކެވެ.
މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހު 29 ވަނަ ދުވަހުގެ ރޭގަ އެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަން ފައިނަލަށް ދަތުރުކޮށްފައި ވަނީ ހަރިކޭން އާއި ކޭއެސްއާރް އެވެ. ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު 4:30ގައި ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓްގަ އެވެ.