އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޕޫލް (ގުރޫޕް) ބީ ރާއްޖެ ކުޅުނު ދެ ވަނަ މެޗް ނޭޕާލް އަތުން 3 ސެޓް 1 ސެޓުން މޮޅުވެ ރާއްޖެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ސެޓް ކާމިޔާބު ކުރީ ނޭޕާލުންނެވެ. އެޓީމް މިސެޓްކާމިޔާބު ކުރީ 25-19 އިންނެވެ.

ދެވަނަ ސެޓާއި ތިން ވަނަ ސެޓްވެސް ރާއްޖޭގެ ޓީމުން ކާމިޔާބު ކުރީ 25-20 އިންނެވެ.

ހަތަރު ސެޓް 25-22 މޮޅުވި އިރު، ފަސްވަނަ ސެޓް ރާއްޖެ ކާމިޔާބު ކުރީ 25-19 އިންނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަނގުލަދޭޝް އަތުންބަލިވީ 3 ސެޓް 1 ސެޓުންނެވެ.

ރާއްޖެ ކުޅޭ ތިން ވަނަ މެޗް ބައްދަލު ކުރާނީ ކިރިގިސްތާނާ ދެކޮޅަށެވެ.