ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނެއަކާ ވެސް ކުއްޖަކު ލިބެން އުޅޭ ކަމަށް މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

މި ފަހަރު ރޮނާލްޑޯގެ ދަރިއަކަށް ބަލިވެ އިން ކަމަށް ރިޕޯޓްތައް ބުނަނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ރަޝިޔާގެ މޮޑެލް އިރިނާ ޝައިކެވެ. އޭނާ ބަލިވެ އިނީ ފިރިހެން ކުއްޖަކަށެވެ. އަދި މި ދެ މީހުން މިހާރު ވަނީ އަންނަ ޖޫން މަހު ކައިވެނި ކުރަން ނިންމާފައި ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ރޮނާލްޑޯގެ ކައިވެނި ކުރަން އޭނާގެ މަންމަ އެދެނީ ޕޯޗުގަލުގައި ރޮނާލްޑޯ އުފަންވި ސަހަރުގަ އެވެ. ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ރޮނާލްޑޯ އާއި އިރިނާ ބޭނުންވަނީ ކްރިސްޓިއަންދީނާއި ޕޯޗުގަލްގެ ސަގާފީ ގޮތްތައް ވަރަށް ބޮޑަށް ހިމައިގެންނެވެ.

އެސްޕަނިޔޯލް އަތުން 1-0 އިން މޮޅުވި މެޗަށް ފަހު ރޮނާލްޑޯ މި މަހުގެ 13 ވަނަ ދުވަހު އެމެރިކާގައި އިރިނާއާ ބައްދަލު ކުރިކަމަށްވެ އެވެ. އަދި އޭގެ ފަހުން އޭގެ އޭނާގެ އަތުން ކުރިން ނުފެންނަ އަނގޮޓިއެއް ފެންނަ ކަމަށް ވެސް އިނގިރޭސި ނޫްސްތަކުން ބުނެ އެވެ.

ރޮނާލްޑޯ އަށް ވަނީ މީގެ ކުރިން ވެސް ކުއްޖަކު ލިބިފަ އެވެ. ނަމަވެސް އޭނާގެ އަލަތު ދަރިފުޅުގެ މަންމަ ވަނީ ސިއްރުކޮށްފަ އެވެ. ތުއްތު މިފިރިހެން ކުއްޖާ ބަލަނީ ރޮނާލްޑޯގެ މަންމަ އެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި މި ކުއްޖާގެ މަންމަ އަށް ފައިސާ ދިނުމަށް ފަހު ވަނީ ކުއްޖާ ހޯދަން ނޫޅޭނެ ކަމަށް ޝަރުތުކުރުވާފަ އެވެ.

ރޮނާލްޑޯ އާއި އިރިނާ ވަނީ މި އަހަރުގެ ޖެނުއަރީގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.