މިހާތަނަށް ހޯދިފައިވާ އެންމެ އަލިގަދަ ގެލެކްސީ ފެނިއްޖެ ކަމަށް ނޭޝަނަލް އެއިރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފި އެވެ.

ދުނިޔެއަށް ވުރެ 12.5 ބިލިއަން ލައިޓް އަހަރު ދުރުގައި އޮތް އެ ގެލެކްސީ އަކީ އިރަށް ވުރެ 300 ޓްރިލިއަން ގުނަ އަލިގަދަ ގެލެކްސީއެއް ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ.

އެ ގެލެކްސީ ހިމެނެނީ އަލިގަދަ ތަކެތި ހިމެނޭ ތަކެތި އެކުލެވޭ އައު ކްލާސް ކަމަށްވާ "އެކްސްޓްރީމްލީ ލުމިނަސް އިންފްރާރެޑް ގެލެކްސީސް (އީއެލްއައިއާރުޖީއެސް) ގަ އެވެ.

އެ ގެލެކްސީ ހޯދާފައި ވަނީ ސްޕޭސް އޭޖެންސީގެ ވައިޑް ފީލްޑް އިންފްރާރެޑް ސާވޭ އެކްސްޕްލޯރާ (ވައިޒް) ސްޕޭސް ޓެލެސްކޯޕްގެ އެހީގައި ކަމަށް އޮންލައިން ނޫހެއް ކަމަށްވާ ހަފިންޓަންޕޯސްޓް އިން ވަނީ ބުނެފަ އެވެ.

އެ ގެލެކްސީއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ނެރުން ނޫސްބަޔާނެއްގައި، ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯރަޓަރީ އިން ޑރ. ޗައޮވެއި ސައި ވިދާޅުވީ އެ ފެނުން ގެލެކްސީ މިހާރު އެ އޮތީ އެ ގެލެކްސީގެ އެވޮލިއުޝަންގެ ވަރަށް މުހިއްމު ހިސާބެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އައްޔަކީ އެ ގެލެކްސީގައި ބޮޑު ބްލެކް ހޯލް އެއް އިނުމުގެ ސަބަބުންވާ ކަމެއް ކަމަށެވެ.