25 May 2015, 11:50
މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތިން ހިނގާފައި ދަނިކޮށް ފުލުސް މީހަކު ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު އަނިޔާކުރި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނަކާއި އަދި 34 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެ ތިން މީހުންގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ މަގުމަތިން ހިނގާފައި ދިޔަ ފުލުސް މީހާ އަށް އަނިޔާ ކުރީ މއ. ޝެލޯ ގެއަށް ވެއްދުމަށް ފަހު ކަމަށެވެ.
ފުލުސް މީހާ އަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުން ފަރުވާ ހޯދުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެ ހާދިސާގައި ފުލުސް މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން އެހެން ބައެއް ޒަޚަމްތައް އޭނާ އަށް ވަނީ ލިބިފަ އެވެ.