25 May 2015, 11:30
މައިލޯ ވިމެންސް ޗެމްޕިއަންޝިޕްގައި ލ. އަތޮޅަށް ނިސްބަތްވާ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން ކްލަބުގެ މައްޗަށް 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ކުރިހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ރޭ ކުޅުނު މެޗްގައި ސިފައިންގެ ކްލަބު ބަނގުލަދޭޝްގެ ގައުމީ ޓީމްގެ ފޯވަޑް ސަބީނާ ކާތުން ވަނީ ހަތް ލަނޑު ޖަހާފައެވެ.
ޑީއެސްސީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 11 ވަނަ މިނެޓްގައި ކާމިޔާބު ކުރި ސަބީނާއެވެ. އޭގެ ނުވަ މިނެޓުފަހުން 19 ވަނަ މިނެޓްގައި އޭނާ ވަނީ ޑީއެސްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ޑީއެސްސީގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަނގުލަދޭޝްގެ އެހެން ކުޅުންތެރިޔެއް ކަމުގައިވާ މައިރޯނާއެވެ. ހަތަރު ވަނަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާމިނަތު އަޒީމާއެވެ.
ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބު ކުރީ ސަބީނާއެވެ.
ސަބީނާގެ ތިން ވަނަ ލަނޑު ޑީއެސްސީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފުގެ ފަސް ވަނަ މިނެޓްގައެވެ. މިލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓްފަހު ދެވަނަ ހާފުގެ ނުވަ ވަނަ މިނެޓްގައި އާމިނަތު ޒާހިޔާ ވަނީ ޑިއެސްސީގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ޑީއެސްސީގެ ހަތް ވަނަ ލަނޑު ދެ ވަނަ ހާފުގެ 12 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ސަބީނާއެވެ. އޭގެ އަށް މިނެޓް ފަހުން ދެ ވަނަ ހާފުގެ 20 ވަނަ މިނެޓްގައި ސަބީނާ ވަނީ ޑީއެސްސީގެ އަށް ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ޑީއެސްސީގެ ނުވަ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އަށް ވަނަ ލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓް ފަހުން ދެ ވަނަ ހާފުގެ 24ވަނަ މިނެޓްގައެވެ. އަދި އޭގެ ދެ މިނެޓް ފަހުން ސަބީނާ ވަނީ އޭނާގެ ހަތް ވަނަ ލަނޑު އަދި ޑީއެސްސީގެ 10 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ސަބީނާއެވެ. މުބާރާތުގެ ދެ ވަނަ ދުވަހުގެ ކުޅުން އޮންނާނީ މަދަމާއެވެ.
މާދަމާގެ ފުރަތަމަ މެޗްގައި ހަވީރު ބައްދަލު ކުރާނީ ސަން ޓީމާއި ސްޓާއެވެ. އަދި ރޭގަނޑު މެޗް އޮންނާނީ ނިއުއާ ޑީއެސްސީއެވެ.
މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ދާ ގޮތަށެވެ.