24 May 2015, 20:12
ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ހޯމް ކިޓް ނުވަތަ ފުރަތަމަ ޖޯޒީގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނެސް ޖޯޒީ ދައްކާލައިފިއެވެ.
އަންނަ ސީޒަނަށް އެޓީމުން ބޭނުން ކުރާނެ ޖޯޒީތައް މިއަދު ތާރަފްކުރި އިރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ދިގު ރޮނގުތަކުގެ ބަދަލުގައި ފުޅާ ރޮނގުތަކަށް ބަދަލުކޮށްފައި ވުމެވެ. ފުރަތަމަ ޖޯޒީގައި ބޭނުންކޮށްފައި ހުރީ ގަދަ ނޫ ކުލައާއި ގަދަ ރަތް ކުލައިގެ ފުޅާ ރޮނގުތަކެވެ.
މިއީ ބާސާގެ 115 އަހަރު ވީ ތާރީޚުގައި އެކުލަބްގެ ފުރަތަމަ ޖޯޒީއިން ޒަމާންވީ ދިގު ފަލަ ރޮނގުތައް 'ފުހެލުމަށް' ފުޅާ ފަލަ ރޮނގުތަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ދެވަނަ ޖޯޒީގެ ގެ ކުލައަކީ ރަން ރީނދޫ ކަލައެވެ. އަދި ފަހަތުން ފެނިގެންދާނީ ރަތް ކުލައިގެ ފަލަ ތިން ދިގު ރޮނގު ހިމެނޭ ޑިޒައިނެކެވެ.
ބާސާގެ އާ ޑިޒައިންގެ ޖޯޒީވެސް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ނައިކް ކުންފުންޏެވެ.