އައްޑޫ ސިޓީގެ ހިތަދޫއަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި ސަބް ސްޓޭޝަން އެއްގައި ރޭ ދަންވަރު އަލިފާން ރޯކޮށްލައިފިއެވެ.

ފެނަކައިން މިއަދު ބުނީ ހިތަދޫ މުހިއްބުއްދީން ސްކޫލް ހުންނަ ސަރަހައްދު ކަރަންޓް ދިނުމަށް އެކުންފުނިން ބަހައްޓާފައި ހުންނަ ސަބް ސްޓޭޝަންއެއްގައި ގެއްލުންދިނުމުގެ ގޮތުން އެތަނަށް ކަރާސީނު އަޅައި ރޫކޮށްލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓުރާންސްފޯމަރަށް ގެއްލުން ނުލިބޭ ކަމަށާއި ނަމަވެސް ސަބް ސުޓޭޝަންގެ ދޮރުގައި އެއްކޮށް އަލިފާން ހިފާ ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މިކުންފުނީގެ ކަންބޮޑުވުމަކީ އެތަނުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަށް އަލިފާނުގެ ހާދިސާއިން ގެއްލުމެއް ލިބުނުނަމަ އެޓްރާންސްފޯމަރު މެދުވެރިކޮށް ކަރަންް ދޫކޮށްފައިވާ ސަރަހައްދުގެ އެތައް ރައްޔިތުންނަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެތީ،" ފެނައިން ބުންޏެވެ.

ޓުރާންސްފޯމަރަކީ ވަރަށް އަގު ބޮޑު އަދި ރާއްޖެ ބާޒާރުން ފަސޭހައިން ގަންނަން ލިބޭ އެއްޗެއް ނޫން ކަމަށް ފެނަކައިން ބުންޏެވެ. އެއަށް ގެއްލުންލިބުނު ނަމަ އައްޑޫ އެތައް ރައްޔިތަކަށް ކަރަންޓްގެ ހިދުމަތް ލިބުމަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށް ފެނައިން ބުންޏެވެ.

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) ދިރިއުޅުއްވާގެއަށް ވެސް ދާދި ފަހުން ވަނީ ގެއްލުންދީފަ އެވެ.