24 May 2015, 15:29
އޭޝިއަން ސީނިއާ މެން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ޕޫލް (ގްރޫޕް) ބީގެ ފުރަތަމަ މެޗްގައި ބަނގުލަދޭޝްއާ ދެކޮޅަށް ކުޅެ 3 ސެޓް 1 ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗްގެ ފުރަތަމަ ސެޓް ކާމިޔާބު ކުރީ ރާއްޖެއިންނެވެ. އެސެޓް 25 ޕޮއިންޓް 20 ޕޮއިންޓުން ރާއްޖެ ކާމިޔާބު ކުރިއިރު ބަނގުލަދޭޝްއިން ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25 ޕޮއިންޓް 19 ޕޮއިންޓުންނެވެ. ތިން ވަނަ ސެޓް 25 ޕޮއިންޓު 21 ޕޮއިންޓުންނެވެ.
އަދި އެންމެ ފަހު ސެޓް ބަނގުލަދޭޝް ކާމިޔާބު ކުރީ 25 ޕޮއިންޓް 20 ޕޮއިންޓުންނެވެ.
ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ މިމުބާރާތުގައި ގްރޫޕް ބީގެ ދެ ވަނަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ކިރްގިސްތާނާއި ނޭޕާލްއެވެ.
ރާއްޖެ ކުޅޭ ދެ ވަނަ މެޗްގައި އަންގާރަ ދުވަހު ހަވީރު ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
އަދި ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗް ބުރާސްފަތި ދުވަހު ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.