ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީގެ އުފަން ދުވަހަށް، އޭނާގެ ފޭނުންނަށް ޕްރިޔަންކާ ޗޯޕްރާ (ޕީސީ) ގެ ޓްރިބިއުޓެއް އަނެއްކާ ވެސް ހަދައިފި އެވެ.

ސުނީތާ މިއަދު 'ސަން' އަށް ބުނީ ޕްރިޔަންކާ އަށް މިފަހަރު އޭނާ ހަދާފައިވާ ޓްރިބިއުޓްގައި އަންނަ މަހު ޕްރިމިއާކުރާ ޕީސީގެ އާ ފިލްމް "ދިލް ދަޅަަކްނޭ ދޯ" އާއި އޭނާގެ ކުރީގެ ފިލްމްތަކުގެ ލަވަތައް ހިމަނާފައިވާނެ ކަމަށެވެ.

"މިފަހަރުގެ ޓްރިބިއުޓް ކުރިން ފަހަރު ހެދި ޓްރިބިއުޓަށް ވުރެ ވަރަށް ބޮޑުތަން ތަފާތު ވާނެ، ޓްރިބިޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ، މިފަހަރުގެ ޓްރިބިއުޓް ހަދާފައިވާނީ ރާއްޖޭގެ ރީތި މަންޒަރުތައް ވެސް ހިމަނައިގެން، އެއީ ޕީސީ އަބަދު ވެސް ވަރަށް ގަޔާވޭ ރާއްޖޭގެ ރީތި މަންޒަރުތައް ބަލާލަން، އެހެންވެ މިފަަހަރުގެ ޓްރިބިއުޓް އޭނާ އަށް ވަރަށް ކަމުދާނެ ކަމަށް މިބަލަނީ، އެ ޓްރިބިޓް ވެގެންދާނީ ޕީސީ އަށް ވަރަށް ބޮޑު ސަޕްރައިޒަކަށް،" ސުނީތާ ބުންޏެވެ.

ސުނީތާ ހެދި އާ ޓްރިބިއުޓްގެ މަންޒަރެއް -- ފޮޓޯ ޓްރިބިިއުޓްގެ ސްކްރީން ޝޮޓް

މާލެ އާއި ސަން އައިލެންޑްގައި ޝޫޓްކޮށްފައިވާ ފަސް ލަވައިގެ އެ ޓްރިބިއުޓް އަންނަ ބުރާސްފަތި ދުވަހު ޔޫޓިއުބަށް ދޫކޮށްލާއިރު އެ ދުވަހަކީ ސުނީތާގެ އުފަން ދުވަސްމެ އެވެ. އެ ޓްރިބިއުޓްގެ ބައެއް މަންޒަރުތައް ނަގާފައިވަނީ ޑްރޯން ބޭނުން ކޮށްގެންނެވެ.

ސުނީތާ ހެދި އާ ޓްރިބިއުޓްގެ މަންޒަރެއް -- ފޮޓޯ ޓްރިބިިއުޓްގެ ސްކްރީން ޝޮޓް

ކުލަ ގަަދަ ހަފްލާއަކާ އެކު މީގެކުރިން ފާހަގަކުރާ ސުނީތާގެ އުފަން ދުވަސްތަކުގައި އޮންނަނީ "ހިތްދީވާނާ" ގެ ސީޑީ ރިލީޒް ކުރުމެވެ. އެހެންނަމަވެސް ދިމާވި ބައެެއް ސަބަބުތަކާ ހުރެ ސީޑީ ރިޒީލް ކުރުން ފަސްކޮށް، އޭގެ ބަދަލުގައި ޓްރިބިއުޓެއް ހެދީ ކަމަށް ސުނީތާ ބުންޏެވެ.

ސުނީތާ ހެދި އާ ޓްރިބިއުޓްގެ މަންޒަރެއް -- ފޮޓޯ ޓްރިބިިއުޓްގެ ސްކްރީން ޝޮޓް

ސުނީތާއަކީ ރާއްޖޭގައި ހުރި ޕްރިޔަންކާގެ އެންމެ ބޮޑު ފޭން ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މީގެކުރިން ޕްރިޔަންކާ އަށް ސުނީތާ ހެދި ޓްރިބިއުޓް ޔޫޓިއުބަށް ދޫކޮށްލުމާ އެކު ގިނަ ބައެއްގެ މަލާމާތާއި ފާޑު ކިޔުންތައް އޭނާ އަށް އަމާޒުވި އެވެ. ނަމަވެސް ހިތްވަރާ އެކު މަސައްކަތް ކުރަމުން އަންނަ ސުނީތާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެން ދިޔައީ އެ ޓްރިބިއުޓަށް ތައުރީފްކޮށް ޕްރިޔަންކާ ވާހަކަދެއްކުމެވެ.

އާ އަހަރު ބޭއްވި ޝޯވްގައި ޕްރިޔަންކާ ސުނީތާ އާ އެކު -- ފޮޓޯ އެފްބީ

ޕްރިޔަންކާ ވަނީ ރާއްޖޭ އައިިސް އެތައް ހާސް ދިވެހިންގެ ކުރިމަތީގައި ސުނީތާ އަށް ތައުރީފްކޮށް ވާހަކަދައްކައިފަ އެވެ.