އަހަރަކީ،1924ވަނަ އަހަރެވެ. އެމެރިކާގައި ހާޑްވެއަރ ވިޔަފާރިކުރާ ބަޔަކު ގުޅިގެން، ޝިކާގޯގައި، ވިޔަފާރި ޗޭނެއް ފެށިއެވެ. ކުޑަގޮތަކަށް ފެށުނު މަސައްކަތް، ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަ ޚިދުމަތެއްގެ ގޮތުގައި އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ފަތުރާލި އެވެ. އަދި އެމެރިކާގެ އިމުން ބޭރުވެ، ދުނިޔޭގެ70އަށްވުރެ ގިނަ ޤައުމަށް ޚިދުމަތް ފުޅާކުރެވިގެން ދިޔައެވެ.

އޭސްގެ މަސައްކަތުގެ ފެށުމާއި ހިސާބުން، މި ވޭތުވެ ދިޔަ90އަހަރުގެ ތެރޭގައި، އެމެރިކާގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެތައް ބަޔަކު، މި ޚިދުމަތުގެ ބޭނުން ހިފައި، އޭގެ ފައިދާ، ދަނީ، ހޯދަމުންނެވެ. އެކި ކަންކޮޅުތަކުގައިވާ އޭސް ހާޑްވެއަރގެ4700ފިހާރާއިގެ ތެރެއިން، ދުނިޔޭގެ އެކި ހިސާބުގައި،4600ފިހާރަ، ހިންގަމުން ގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނެވެ.

އޭސް ހާޑްވެއާއިން ރާއްޖެ އެތެރެކޮށް ވިއްކާ ބައެއް ސާމާނު --

ދިވެހި ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މަސައްކަތުން، އޭސް ހާޑްވެއަރގެ ޚިދުމަތް ވަނީ، ދިވެހިރާއްޖެއަށް ތަޢާރަފުކޮށްދީފަ އެވެ. މި ޚިދުމަތުގެ ހެޔޮފައިދާ، ދިވެހީންނަށް ލިބިދިނުމަށް މަގުފަހިކޮށްދީފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭސް ހާޑްވެއަރގެ ފުރަތަމަ ފިހާރަ، މާލޭގައި ހުޅުވައި، އޭގެ ދެ އަހަރުފަހުން،2013ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ދެވަނަ ފިހާރައެއް ވަނީ، މާލޭގައި ހުޅުވާފަ އެވެ. މި ހުޅުވުނު ދެ ފިހާރައަކީ، އޭސް ހާޑްވެއަރގެ ދިގުވަމުންދާ ޗޭނަށް އިތުރުކުރެވުނު ދެ ބޮޅެވެ.

ޚިދުމަތުގައި90އަހަރު ވެފައިވާ އިރު، ފޯރުކޮށްދޭ ޚިދުމަތާއި، ލިބެމުންދާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށް ބަދަލެއް ނާދެ އެވެ. ހުރިހާ ފަރާތްތަކަކަށް ވެސް، އެއްހަމައެއްގައި، ޚިދުމަތް ދަނީ، ލިބެމުންނެވެ.

އޭސް ބްރޭންޑް – ސެޓިސްފެކްޝަން ގެރެންޓީޑް

މިއަދު، ދުނިޔޭގެ ހާޑްވެއަރ ހޯމް އިމްޕްރޫވްމަންޓް މާކެޓްގެ އެންމެ ކުރިއަށް، އޭސް ހާޑްވެއަރވަނީ، ނުކުމެފަ އެވެ. އަދި މި ޚިދުމަތުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ވެސް، މިއަދު ދަނީ، ލިބެމުންނެވެ. އޭސް ބްރޭންޑްގެ އެންމެ ބޮޑު އެއް އަމާޒަކީ، މި ބްރޭންޑް ގަންނަ ފަރާތްތަކަށް، ތަފާތު ގިނަ ވައްތަރުތަކެއްގެ މުދާ، މެދުކެނޑުމެއް ނެތި ލިބޭނެގޮތް ހަމަޖައްސައިދިނުމެވެ. އެ ތަކެތީގެ ރީޓެއިލް ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކަށް ވެސް ފައިދާ ލިބޭނެގޮތަށް، ތަފާތު ގިނަ ވައްތަރުތަކެއްގެ މުދާ ފޯރުކޮށްދިނުމެވެ. އަދި ބްރޭންޑް ވަރުގަދަކުރުމަށް މަސައްކަތް ކުރުމެވެ.

އޭސް ހާޑްވެއާއިން ރާއްޖެ އެތެރެކޮށް ވިއްކާ ބައެއް ސާމާނު --

އޭސް ލޭބަލްއިން އަބަދުވެސް މަސައްކަތްކުރަނީ، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްވަރަށް ނުވަތަ އެއަށް ވުރެ ރަނގަޅަށް ތަކެތި އުފެއްދުމަށެވެ. ތަކެތި ބަންދުކުރެވޭ މިންގަނޑުތައް ދަމަހައްޓައި، މި ތަކެތި ގަންނަ ފަރާތްތަކުން ގަޔާވާ އަދި ބަލައިގަންނަ އަގުތަކެއްގައި މުދާ ފޯރުކޮށްދިނުމަށެވެ. މިއަދު، އޭސް ލޭބަލްއަކީ، އެއަށް ބަރޯސާވެވޭ، އެކަށީގެންވާ އަގެއްގައި ލިބޭ ބްރޭންޑްއެކެވެ. އަދި ފެންވަރު ރަނގަޅު، ދުނިޔެ ޤަބޫލުކުރާ ބްރޭންޑެކެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ފުދޭ ތަކެތި ހޯދުމުގައި އެފަރާތްތަކަށް އެހީތެރިވެ ދިނުމަކީ، އޭސްގެ މުހިންމު އެއް މަސައްކަތެވެ. އަދި ލިބޭ މުދަލާ އެކު، އެމީހުންގެ މަސައްކަތަށް ބޭނުންވާ ލަފާޔާއި އެހީ ލިބުމަކީ، އޭސް ބްރޭންޑް ޚިޔާރުކުރުމަށް އެފަރާތްތަކުގެ ހިތާއި ސިކުނޑި ގުޅުވައިދޭ ކަމެކެވެ. އަދި މިކަމަކީ، އޭސް ބްރޭންޑްގެ މައްޗަށް، އެފަރާތްތަކުގެ އިތުބާރާއި ޔަޤީންކަން ލިބިދޭ ކަމެކެވެ. އޭސް ބްރޭންޑްގެ ފެންވަރާއި، އޭސްއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ވަކި އެކައްޗެއް ޚިޔާރުކުރުމަށް ލިބެންހުރި އެއްޗެހީގެ ގިނަކަމާއި، ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުރި ފަސޭހަތަކާއި، މި ތަކެއްޗާބެހޭގޮތުން ލިބޭ މަޢުލޫމާތަކީ، އެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް ލިބިދޭ އިތުރު ބާރެކެވެ.

އޭސް ހާޑްވެއާއިން ރާއްޖެ އެތެރެކޮށް ވިއްކާ ބައެއް ސާމާނު --

އާ އެއްޗެއް ނުވަތަ އާ ބްރޭންޑެއް ޚިޔާރުކުރުމުގައި، އޮންނަ ރިސްކަކީ، ރީޓޭއިލް ވިޔަފާރީގެ ޙަޤީޤަތެކެވެ. މި ކުރެވޭ އާ ތަޖުރިބާ ކުރުމަށް އޮތް ރިސްކް ކުޑަވުމަކީ، ކަސްޓަމަރުން އެ އެއްޗެއް ޚިޔާރުކުރުން ގާތް ކަމެކެވެ. އޭސްގެ ލައިފްޓައިމް ވޮރަންޓީއާއެކު، އޭސް ބްރޭންޑްއިން އެ ރިސްކް ކުޑަކޮށްދެއެވެ. މިގޮތުން، މުދާ ގެންދާ ފަރާތުން، ޢާންމު ހާލަތުގައި ބޭނުންކުރުމަށް ފަހު، އެ އެއްޗަކާމެދު ހިތްހަމަނުޖެހޭ ނަމަ، އެ އެއްޗެއް ބަދަލުކޮށް ދެވެއެވެ. ނުވަތަ މުދާ އަނބުރާ ޙަވާލުކުރުމުގެ ފުރުޞަތު އޮވެއެވެ. މިއާއެކު، އެ މުދަލެއް ގަނެގެން ލިބިދާނެ ގެއްލުމެއް ފޫބެއްދޭނެ ކަމުގެ ޔަޤީންކަން، މުދާ ގެންދާ ފަރާތްތަކަށް ލިބިދެ އެވެ. މިގޮތުން، އޭސްއިން މުދާ ގަނެ، އާންމުކޮށް ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށާއި އޭސްއިން އަލަށް ޚިދުމަތް ހޯދާ ފަރާތްތަކަށް، ރިސްކެއް ނެތް ގޮތުގައި އޭސް ބްރޭންޑްގެ އަޖުމަބަލާލުމަށް ދެވޭ ފުރުޞަތުން، އޭސް ބްރޭންޑްގެ ވިޔަފާރީގެ ކުރިއެރުމަށް ޔަޤީންކަން ހޯދައިދެވެ އެވެ.

އޭސް– ދަ ހެލްޕްފުލް ޕްލޭސް

އޭސް ހާޑްވެއަރގެ އަމާޒަކީ، އޭސްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އަދި ވިޔަފާރު ކުރަން އަންނަ ވަގުތު، ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ހޯދައިދިނުމެވެ. މިކަން ޙާސިލުކުރުމަށްޓަކައި، އޭސްގެ ޚިދުމަތްތައް ބައްޓަންކޮށް، އިންތިޒާމުކުރަނީ، ތަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް ވިސްނައިގެންނެވެ. އެ މުޖުތަމަޢެއްގެ މައްސަލަތައް ދެނެގަނެ، މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އަމާޒު ހިފައިގެންނެވެ.

އޭސް ހާޑްވެއަރއަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ، ތަނުން ވިޔަފާރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް، ތަފާތު ތަޖުރިބާއެއް ދައްކުވައިދެވުމެވެ. އަދި އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދީ، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަން ހޯދައިދެވުމެވެ. އޭސް ހާޑްވެއަރ އިން އެންމެ އިސްކަމެއް ދެނީ، ހެޔޮގޮތުގައި ޚިދުމަތް ފޯރުކޮށް ދިނުމާއި، ޚިދުމަތް ދިނުމުގައި ވަޢުދުވާ ކަންކަމަށް އިޙްތިރާމްކުރުމެވެ. އަދި އެންމެނަށް ފައިދާކުރަނިވި ގޮތުގައި މަސައްކަތްކުރުމެވެ. މިގޮތުން ވިސްނައި، އޭސްގެ ސްލޯގަންއަކަށް ކަނޑައަޅާފައިވަނީ، "އޭސް – ދަ ހެލްޕްފުލް ޕްލޭސް" އެވެ.

އޭސް ހާޑްވެއާއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އާ ޚިޔާލުތައް ތަރައްޤީކުރުމާއި، މަސައްކަތްކުރުމުގައި، ކުރިއަށްވުރެ ރަނގަޅުގޮތް އަބަދުވެސް ހޯދުމަކީ، އޭސް ހާޑްވެއަރއިން ސަޤާފަތެއްގެ ގޮތުގައި ދަމަހައްޓާ ކަންކަމެވެ. މައްސަލަތަކަށް ޙައްލު ހޯދައި ދިނުމާއި، މަސައްކަތް ތަރައްޤީކުރުމަށް ހުރި އިތުރު ފުރުޞަތުތައް ދެނެގަތުމަކީ، އޭސް ހާޑްވެއަރގެ ޓީމުން، ހުއްޓުމެއް ނެތި، މަސައްކަތް ކުރަމުން ގެންދާ ކަންތައްތަކެވެ. ޚިދުމަތް ހޯދާ ފަރާތްތަކަށް، ޚިދުމަތުގެ އެންމެ ރަނގަޅު އަގު އަދާކޮށް ދިނުމަކީ، އޭސް ހާޑްވެއަރގެ މުހިންމު މަޤްޞަދެކެވެ.

އޭސް ހާޑްވެއަރއިން ދޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމުގެ ވަސީލަތަކީ، ތަނުގެ މުވައްޒަފުންނެވެ. މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގައި ކުރިއެރުން ހޯދައި ދިނުމާއި، މަސައްކަތުގެ މާހައުލުގެ ހިތްހަމަޖެހުން ހޯދައި ދިނުމަކީ، ތަނުން ދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުވެ، ކުރިއަރާނެ ކަންތައްތައް ކަން ޔަޤީނެވެ. އޭސް ހާޑްވެއަރއިން ޤަބޫލުކުރާ ގޮތުގައި، ތަނުގެ މުވައްޒަފުންނަކީ، ތަނުގެ އެންމެ ބޮޑު ރައުސުލްމާލެވެ. ޓީމުގެ މެންބަރުންގެ ކިބައިގައި ހުންނަ ތަޖުރިބާއާއި، ޤާބިލިއްޔަތުކަމާއި، މަސައްކަތުގައި ދައްކުވައިދޭ ހުނަރަކީ، އޭސްއިން އަބަދުވެސް އެކަމުގެ އަގު ވަޒަންކުރާ ކަންކަމެވެ. އަދި ތަން ކުރިއަށް ދިއުމުގެ އެންމެ ބޮޑު އެއް ބާރަކީވެސް ތަނުގެ މުވައްޒަފުން ކަމުގައި އޭސްއިން ދެކެއެވެ.

މިއަދު، އޭސް ހާޑްވެއަރއަށް ރާއްޖޭގައި ލިބިފައިވާ ތަރުހީބުން، ދިވެހިރައްޔިތުން އޭސް ބްރޭންޑް ބަލައިގެންފައިވާ މިންވަރު ދޭހަކޮށްދެ އެވެ. މިފަދަ ތަރުހީބެއް ލިބުމަކީ، ޝައްކެތްނެތް ގޮތުގައި، މި ޚިދުމަތް އިތުރަށް ފުޅާކުރަމަށް ލިބޭނެ ހިތްވަރެކެވެ.

ނޯޓު: މިއީ ވިޔަފާރީގެ އުސޫލުން ވިއްކާފައިވާ ސްޕޭސް އެކެވެ. --- އެޑިޓަރު