24 May 2015, 11:49
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލަކަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ހަމަޖައްސައިފި އެވެ.
ނާޒިމްގެ ގާނޫނީ ވަކީލަކަށް ސޫދު ހަމަޖައްސާފައި ވަނީ، ނާޒިމުގެ ކުރީގެ ވަކީލު މައުމޫން ހަމީދު މަސް ދުވަހަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޖެހޭތީ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.
ނާޒިމުގެ ކުރީގެ ވަކީލު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ނާޒިމު ވަނީ ފްރޭމްކޮށްފައި ކަމަށާއި އޭނާގެ ޝަރީއަތް ގެންގޮސްފައި ވަނީ އިންސާފުން ނޫން ކަމަށެވެ.
Col. Nazim returns to Malé tomorrow. His fight for justice continues.pic.twitter.com/03PWgHeeOB
— Col.Nazim Legal Team (@nazimlegalteam)May 23, 2015
ނާޒިމްގެ ބޭސް ފަރުވާ ނިމުމަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ނެވެ.