24 May 2015, 10:55
ހުޅުމާލޭގައި އެއްޖިންސުން ގުޅުން ހިންގަމުންދިޔަ ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ރޭ 8:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އެމީހުން ހައްޔަރު ކުރި ހުޅުމާލޭ އިރުމަތީ ފަރާތު ޕަމްޕްސްޓޭޝަން ހުރި ސަރަހައްދުގެ ގަސްތަކުގެ ތެރޭ ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.