ޗާންދަނީ މަގުގައި ހުރި ފިހާރައެއްގައި ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ މއ. ހެރޯންގައި ހިންގާ ސްލިޕާސް ފިހާރައިގަ އެވެ.

އެ ފިހާރައިގެ އިސްވެރިޔާ މޫސާ ނިޒާރު ސަން އަށް ވިދާޅުވީ އަލިފާން ރޯވާން ދިމާވި ކަމަށް ބެލެވެނީ އިލެކްޓްރިކް ޝޯޓަކުން ކަމަށެވެ. އެތަނަކީ ސޯފާ ހެދުމަށް ގިނަ އަދަދަކަށް ސްޕޮންޖު ހުރިތަނެއް ކަމަށް މޫސަ ވިދާޅުވި އެވެ.

އެ ފިހާރަ ހުންނަ އިމާރާތަކީ ހަދަމުންދާ އިމާރާތެކެވެ. މި ހާދިސާއަށްފަހު މުޅި އިމާރާތުން ކަރަންޓު ކެނޑިފައިވާއިރު އެ އިމާރާތުގެ ތިން ބުރީގައި މީހުން ދިރިއުޅެއެވެ.

އެހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވބިސް އިން ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.