23 May 2015, 18:39
ގދ. ވާދޫ ކައުންސިލްގެ ބައި އިލެކްޝަން ސަރުކާރު ހިންގާ ޕާޓީ ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބު ކޮށްފި އެވެ.
ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ނައުޝާދު ވަހީދަށް ލިބިވަޑައިގަތީ 325 ވޯޓެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އަބްދުﷲ ރުޝްދީ އަށް ލިބިވަޑައިގަތީ 313 ވޯޓެވެ.
ގާދޫ ކައުންސިލްގެ ބައި އިލެކްޝަނުގައި ސަރުކާރާ އިދިކޮޅު އެއްވެސް ފަރާތަކުން ވާދަކުރައްވާފައެއް ނުވެ އެވެ.
ވާދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ ވާދޫ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަސަދުﷲ ޝާފީ އަހުމަދު މިދިޔަ ފެބުރުއަރީ މަސް ތެރޭ ކައުންސިލަރު ކަމުން އިސްތިއުފާދެއްވުމުން ނެވެ. އަސަދުﷲ ޝާފީ އަހުމަދު އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ސިޓީއަކުން ނެވެ. އަދި ކައުންސިލަރު ކަމުން ޝާފީ އިސްތިއުފާ ދެއްވީ ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން ކަމަށް ބަޔާންކޮށްފައިވެ އެވެ.