23 May 2015, 18:16
އައްޑޫ ސިޓީގެ ލިންކްރޯޑްގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ހިތަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަސް ކައިރީގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެ މީހުންނަށެވެ.
މިއަދު ހަވީރު 3:45 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ހިތަދޫ ހޮސްޕިޓަލްގެ މެނޭޖާ ހެލްތް ސާވިސަސް ހަދީޖާ ހަފްސާ ވިދާޅުވީ އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި މާ ސީރިއަސް އަނިޔާއެއް ވެފާނުވާ ކަމަށް ވެސް ހަފްސާ ވިދާޅުވި އެވެ.
'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ފޭދޫ އަށް ނިސްބަތްވާ އުމުރުން ގާތްގަނޑަކަށް 22 އަހަރުގެ ދެ ޒުވާނުންނެވެ.