23 May 2015, 14:44
މަގުމަތިން ހިނގާފައި ދިޔަ ފުލުސް މީހަކު ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު އަނިޔާކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ކަމެއް ހިނގީ ރޭ 11:10 އެހާކަންހާއިރު ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވީ ނަމަވެސް އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުސް މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އެނގިފައިވާ ގޮތުގައި ރޭ ހިނގައި ދިޔަ އެ ހާދިސާގައި ފުލުސް މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ވެސް އެހެން ބައެއް ޒަހަމްތައް އޭނާ އަށް ވަނީ ލިބިފަ އެވެ.
ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު ރޭ ފުލުހަކަށް ހަމަލާދީފައިވާ އިރު މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ވެސް ދެ ފުލުހަކަށް ހަމަލާ ދިނިމުގެ ސަބަބުން އިތުރު ފަރުވާ ހޯދުމަށް ލަންކާ އަށް ވަނީ ފޮނުވާލާފައި އެވެ. އަދި އެކަމުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ވެސްކޮށްފަ އެވެ.