23 May 2015, 14:49
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާގައި އާސަންދަ ކުންފުނީގެ އޮފީހެއް ހުޅުވައިފި އެވެ.
ކަލަމްބޯގައި ހުންނަ ދިވެހި ސަރުކާރުގެ ގެ "ސޯސަން ވިލާ"ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވީ ދާދިފަހުން ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރު އެވެ.
އާސަންދަ އޮފީހުގެ ޑެޕިއުޓީ މެނޭޖަރު އައިޝަތު ޒަމީރާ ސަން އަށް ވިދާޅުވީ ލަންކާގައި ހުޅުވި އާސަންދަ އޮފީހުން އާސަންދަ ނުވަތަ ހެލްތު އިންޝުއަރެންސާ ބެހޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.
އެގޮތުން އެކްސިޑެއްޓެއްވެ، ނުވަތަ އެނޫން ވެސް ބޮޑުކަމެއް ދިމާވެއްޖެ ނަމަ އާސަންދައިގެ ހިދުމަތް ހޯދުމަށް ލަންކާގައި އުޅޭ ދިވެހިންނަށް ފަސޭހަވާނެ ކަމަށް ޒަމީރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި ލަންކާގައި ގާތްގަނޑަކަށް 12000 ވަރަކަށް ދިވެހިން ދިރިއުޅޭ އެބަ. އެހެންވީމާ ދިވެހިންނަށް ހާއްސަކޮށްފައިވާ މިފަދަ ހިދުމަތެއް ލަންކާގައި އުޅޭ ދިވެހިންނަށް ފަސޭހައިން ލިބޭނެގޮތެއް ފަހިވާން ޖެހޭ،" ޒަމީރާ ވިދާޅުވި އެވެ.