23 May 2015, 13:38
އެއްވަނަ ޑިވިޝަން އެކްސެލް އެނަޖީ ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗް އެމްއެސް ސްޕޯޓްސް ކްލަބުގެ މައްޗަށް 245 ލަނޑުގެ ތަފާތަކުން މާލޭ ސްޕޯޓްސް ކުރިހޯދައިފިއެވެ.
ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުލަބު ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެން 50 އޯވަރުގައި ވަނީ 352 ލަނޑުހަދާފައެވެ.
އެންމެ ރަގަޅަށް ކުޅުނީ 133 ލަނޑުހެދި މުޙައްމަދު ރިޝްވާނާއި 62 ލަނޑުހެދި މުއާވިއަތު އަބްދުލް ޣަނީއާއި 58 ލަނޑުހެދި އާދަމް ނާސިފު ޢުމަރުއެވެ.
މިއިނިންގްސްގައި ޢަލީ ސުނާން 10 އޯވަރު 83 ލަނޑަށް 5 ވިކެޓުނެގިއެވެ.
ޖަވާބުގައި އެމްއެސް ކުޅެން އަރާ މާލޭ ސްޕޯޓްސް ކުޅުންތެރިން ހެދި 352 ލަނޑަށް 34 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 107 ލަނޑުހެދިއެވެ.
އެންމެ ރަގަޅަށް ކުޅުނީ 37 ލަނޑުހެދި ޕުރަދީޕާއި 24 ލަނޑުހެދި ޙަސަން ހާޒިގު ރަޝީދެވެ. އެންމެ ފާހަގަކޮށްލެވޭ އުކުމެއް އުކީ 7 ލަނޑަށް 3 ވިކެޓުނެގި އަޙްމަދު ނީސާމުއާއި 9 ލަނޑަށް ދެވިކެޓުނެގި މުޙައްމަދު މަހްފޫޒުއެވެ.
މިމުބާރާތް ކުރިއަށް ދަނީ ކޮންމެ ހުކުރު ދުވަހެއްގައި ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައެވެ.